ދުއްވުންތެރިއަކަށް ބޮޑު އަނިޔާއެއްވެ، އަށިގަނޑުގައި ހޮސްޕިޓަލަށް ގެންދަން ޖެހުމުން އޮލިމްޕިކް ސައިކްލިން އިވެންޓް ހުއްޓާލައިފި އެވެ.
ހޮނިހިރު ދުވަހު ހަވީރު އޮތް ހަތަރު ވަނަ ހީޓުގެ އެންމެ ފަހު ބުރުގައި ރޭސް ނިންމަން ބާރު ސްޕީޑްގައި ދުއްވަނިކޮށް ވެއްޓި ކަރަށް އަނިޔާވީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ދުއްވުންތެރިޔާ ކްވޭސީ ބްރައުނޭ އަށެވެ.
އޭނާ އަށް އަނިޔާވެ، ރޭމްޕް މައްޗަށް ވެއްޓުމާއެކު ރޭސް ވަގުތުން ހުއްޓާލި އެވެ. އަދި ވަގުތުން ބްރައުނޭ އަށް ފަރުވާދޭން ފެށި އެވެ. އަނިޔާވީ އޭނާގެ ކަރަށެވެ. އެއަށްފަހު އަށިގަނޑުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކަރުގައި އެނބުރުނަ ނުދިނުމަށް ރައްކާތެރި ގާޑެއް އަޅުވައިގެންނެވެ.
![](https://dyncz33htw1ec.cloudfront.net/posts/2b02595e-342b-4c9c-ac4a-82cc1bbb21ae.png)
![](https://dyncz33htw1ec.cloudfront.net/posts/0d0f114d-2181-41d4-bd3f-3cc8ef6d290d.png)
ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ސަޕޯޓަރުންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ އަންގި ބްރައުނޭ އަމިއްލަ އަށް ބޭލިތަން ފެނުމާއި، އަތުގެ އިޝާރާތުން ހާލު ރަނގަޅު ކަމަށް އޭނާ އިޝާރާތްކުރުމެވެ. ނަމަވެސް ފްރާންސްގެ މީޑިއާތަކުން ބުނަނީ ބްރައުނޭ އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި މިކަން މުޅިން ކަށަވަރުވާނީ ހޮސްޕިޓަލުގައި ހަދާ ޓެސްޓްތަކަށްފަހު ކަމަށެވެ.
![](https://dyncz33htw1ec.cloudfront.net/posts/2314b137-23b1-4b3c-8dcc-440d8963031d.png)
![](https://dyncz33htw1ec.cloudfront.net/posts/79827de1-dbfe-49ce-87fa-79f533eac4ac.png)
ސައިކްލިންގެ މި އިވެންޓް ކުރިއަށް ގެންދާނެކަން އަދި މުޅިން ޔަގީނެއްނޫނެވެ.
ފްރާންސްގައި މާދަމާ ނިމޭ އޮލިމްޕިކްސްގެ ދުވުމުގެ އިވެންޓެއްގައި ދުވުންތެރިއަކު ވެއްޓި އަނިޔާވިއިރު ފަރުދޭން ކޯޓުމަތީގައި އޭނާ ބާއްވާފައި ރޭސް ވަނީ ކުރިއަށް ގެންގޮސް ވަނީ ނިންމާފަ އެވެ.