ކ. މާލެ
|
6 އޯގަސްޓް 2024 | އަންގާރަ 05:22
ބްރެޒިލްގެ މާޓާ (10) އަށް ރަތްކާޑު ދެއްކި މެޗުގެ ތެރެއިން
ބްރެޒިލްގެ މާޓާ (10) އަށް ރަތްކާޑު ދެއްކި މެޗުގެ ތެރެއިން
ގޫގުލް
އޮލިމްޕިކްސް
މާޓާ އަށް ދެއްކި ރަތްކާޑު ބްރެޒިލުން އިސްތިއުނާފުކޮށްފި
އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބްރެޒިލްގެ ފޯވަޑް މާޓާ ސްޕޭނުގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ދެއްކި ރަތްކާޑު އިސްތިއުނާފުކޮށްފި އެވެ.

އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބްރެޒިލްގެ ފޯވަޑް މާޓާ ސްޕޭނުގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ދެއްކި ރަތްކާޑު އިސްތިއުނާފުކޮށްފި އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްޕޭނާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން މާޓާ އަށް ބްރެޒިލް މިއަދު ކުޅެން ޖެހޭ ސެމީ ފައިނަލް މެޗުގައި ނުކުޅެވޭނެ އެވެ. ސެމީ ފައިނަލުގައި ބްރެޒިލް ވާދަކުރަން ޖެހޭނީ ވެސް ދުނިޔޭގެ ޗެމްޕިއަން ސްޕޭނާ އެވެ.

ބްޒެޒިލްގެ ކެޕްޓަން އަދި ހަ ފަހަރު ދުނިޔެގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މާޓާ އަށް ދެއްކި ރަތްކާޑުގެ ސަބަބުން ފީފާއިން ނިންމާފައިވަނީ އޭނާ ދެ މެޗަށް ސަސްޕެންޑްކުރާށެވެ. މިހެންވެ ކުއާޓާ ފައިނަލް މެޗުގައި ފްރާންސް އަތުން ބްރެޒިލް މޮޅުވި މެޗުގައި އޭނާ އިނީ ކުޅިބަލާށެވެ. ނަމަވެސް ސެމީ ފައިނަލް މެޗުގައި އޭނާ ކުޅެން ބޭނުންވާ އެންމެ މުހިންމު ސަބަބަކީ މިއީ ބްރެޒިލްގެ ޖާޒީގައި އޭނާ ކުޅޭނެ އެންމެ ފަހު މުބާރާތަކަށް ވާތީވެ، ރަންމެޑަލް ހޯދަން ކުރާ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

އުމުރުން 38 އަހަރުގެ މާޓާ އަކީ މި ފަހަރުގެ އޮލިމްޕިކްސްގައި ބްރެޒިލްގެ އެޓޭކް ލީޑްކުރާ ކުޅުންތެރިޔާ އެވެ. ސެމީ ފައިނަލް މެޗުގައި އޭނަ އަށް ނުކުޅެވުނަސް މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ސަޕޯޓަރުންނަށް ވަދާއީ ސަލާމް ކުރުމުގެ ފުރުސަތު އޭނާ އަށް ލިބިގެންދާނެ އެވެ.

މާޓާ ވަނީ މިހާތަނަށް މި ފަހަރުގެ މުބާރާތާއެކު ހަ އޮލިމްޕިކްސްގައި ވާދަކޮށްފަ އެވެ. އޭނާ ވަނީ 2008 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ރިހި މެޑަލް ހާސިލްކޮށްފަ އެވެ. ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްޕޭން އަތުން ބްރެޒިލް ބަލިވީ 2-0ންނެވެ.

- ކޮމެންޓް