Advertisement
ކ. މާލެ
|
6 އޯގަސްޓް 2024 | އަންގާރަ 01:05
މައި ފެމިލީ ޑެންޓިސްޓް ކްލިނިކް ހުޅުވުމުގެ ރަސްމިއްޠާތުގެ ތެރެއިން
މައި ފެމިލީ ޑެންޓިސްޓް ކްލިނިކް ހުޅުވުމުގެ ރަސްމިއްޠާތުގެ ތެރެއިން
ރާއްޖެއެމްވީ
މައި ފެމިލީ ޑެންޓިސްޓް
މައި ފެމިލީ ޑެންޓިސްޓްގެ ނަމުގައި އައު ޑެންޓަލް ކްލިނިކެއް، ހިޔާ ޓަވަރު 3 ގައި ހުޅުވައިފި
މައި ފެމިލީ ޑެންޓިސްޓަކީ ސްރީލަންކާގައި ފުޅާ ދާއިރާއެއްގައި ޑެންޓަލް ޚިދުމަތް ފޯރުކޮށްދޭ މައިޑެންޓިސްޓްއާ ގުޅިގެން ޤާއިމްކުރެވުނު ޑެންޓަލް ކްލިނިކެއް
ކްލިނިކްގައި ޚިދުމަތް ދޭނީ ތަޖުރިބާކާރު ޕްރޮފެޝަނަލް ޑެންޓިސްޓުންގެ ޓީމަކުން

މައި ފެމިލީ ޑެންޓިސްޓްގެ ނަމުގައި އައު ޑެންޓަލް ކްލިނިކެއް ހުޅުމާލޭ ފޭސް ދޭއްގައި ހުޅުވައިފިއެވެ.

ހޯމަ ދުވަހު އެ ޑެންޓަލް ކްލިނިކް ހުޅުވާފައި ވަނީ ހިޔާ ޓަވަރު ތިނެއްގައެވެ.

މިއީ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބްލްސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށް ފުޅާ ދާއިރާގައި ފޯރުކޮށްދެމުން ގެންދާ ނާޑު ޕްރައިވެޓް ލިމިޓެޑުން ހުޅުވާފައިވާ ކްލިނިކެކެވެ.

މިފަދަ ކްލިނިކެއް ހުޅުވުމުގެ ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ޑެންޓަލް ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކްލިނިކުން ވަނީ ބުނެފައެވެ.

Advertisement

މައި ފަމިލީ ޑެންޓިސްޓްއަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަތުގެ އެކި ފަރުވާތައް ފޯރުކޮށްދެވޭ ގޮތަށް ފަރުމާކުރެވިފައިވާ ކްލިނިކެއްކަން ފާހަގަކޮށްލެވެއެވެ.

ކްލިނިކްގައި ޚިދުމަތް ދޭނީ ތަޖުރިބާކާރު ޕްރޮފެޝަނަލް ޑެންޓިސްޓުންގެ ޓީމަކުންނެވެ.

ނާޑުގެ އަމާޒަކީ މައި ފެމިލީ ޑެންޓިސްޓްގެ ކްލިނިކްތައް މާލޭގެ އެކި އަވަށްތަކުގައި ވެސް ޤާއިމްކުރުން ކަމުގައި ނާޑުގެ މެނޭޖްމަންޓްގެ ފަރާތުން ބުނެފައި ވެއެވެ. އިތުރަށް އެ ސަރވިސް ފުޅާކޮށް ރަނގަޅުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އެ ކްލިނިކުން ވަނީ ބުނެފައެވެ.

މައި ފެމިލީ ޑެންޓިސްޓަކީ ސްރީލަންކާގައި ފުޅާ ދާއިރާއެއްގައި ޑެންޓަލް ޚިދުމަތް ފޯރުކޮށްދޭ މައިޑެންޓިސްޓްއާ ގުޅިގެން ޤާއިމްކުރެވުނު ޑެންޓަލް ކްލިނިކެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް