Advertisement
ކ. މާލެ
|
5 އޯގަސްޓް 2024 | ހޯމަ 11:26
ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ނިމާލް
ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ނިމާލް
އާދަމް ޝަރީފް އުމަރު/އެކްސް
މުޙައްމަދު ނިމާލް
ޖިނާއީ ދައުވާއެއް އުފުލާފައިވާ ނިމާލްއަށް އެލްޖީއޭގެ ސީއީއޯކަން
ދައުލަތަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއް އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާ އުފުލި
ދައުލަތަށް ލިބެންޖެހޭ ލިކުއިޑޭޓް ޑެމޭޖެސް ދައުލަތަށް ލިބިފައިނުވަނީ އެމީހުންގެ ޢަމަލުތަކުގެ ސަބަބުން
އެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 27 ޑިސެމްބަރު 2022 ގައި
ޚަބަރުގެ އޯޑިއޯ

ޖިނާއީ މައްސަލައެއްގައި ދައުވާ އުފުލާފައިވާ މުޙައްމަދު ނިމާލް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯގެ މަޤާމަށް އައްޔަނު ކޮށްފިއެވެ.

އޭނާ އެ މަޤާމަށް އައްޔަނު ކުރައްވާފައިވާތީ ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ މަރުޙަބާ ވިދާޅުވެ އެކްސްގައި ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ. އެ މަޤާމުގައި ކުރިން ހުންނެވި މަރިޔަމް ޒުލްފާ މިހާރު ވަނީ ފޮރިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ބަދަލު ކޮށްފައެވެ.

ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ނިމާލްއަކީ މިހާރުވެސް ޖިނާއީ މައްސަލައެއްގެ ދައުވާ އުފުލާފައިވާ ފަރާތެކެވެ. އެއީ ދައުލަތަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއް އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 27 ޑިސެމްބަރު 2022 ގައެވެ. މިހާތަނަށް ދެ އަޑުއެހުމެއް ތާވަލު ކުރިނަމަވެސް، ދެ އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައެވެ.

އެއްފަހަރު މައްސަލަ ކެންސަލް ކުރީ ނިމާލްގެ ވަކީލު ބަލިވެ އުޅޭތީއެވެ. ދެން ކެންސަލް ކުރީ އޭނާ ބަލިވެ އުޅޭތީއެވެ.

އެ މައްސަލައަކީ ކޯޕަރޭޝަން ލިމިޓެޑުން އުޞޫލުތަކާއި ޚިލާފަށް ލިކުއިޑޭޓެޑް ޑެމޭޖުގެ ގޮތުގައި ކަނޑަންޖެހޭ ފައިސާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލަ އޭސީސީން ތަޙްޤީޤުކޮށް ދައުވާކޮށްދިނުން އެދި ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައެކެވެ.

Advertisement

އޭސީސީން ބުނެފައިވާ ގޮތުގައި އެއީ 2014 އަދި 2015 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނަށް މުދާ ހޯދުމަށް އަމިއްލަ ކުންފުނިތަކަކާ އެކު ވެވުނު އެއްބަސްވުންތަކަކާއި ގުޅިގެން، ސަޕްލަޔަރުންގެ މަސްލަޙަތަށް އިސްކަންދީފައިވާކަން ފާހަގަކުރެވުނު މައްސަލައެކެވެ.

އެ މައްސަލައިގައި ނިމާލްގެ އިތުރުން އިތުރު މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، ޕީޖީ އޮފީހުން ބުނި ގޮތުގައި ދައުލަތަށް ލިބެންޖެހޭ ލިކުއިޑޭޓް ޑެމޭޖެސް ދައުލަތަށް ލިބިފައިނުވަނީ މި ދެމީހުންގެ ޢަމަލުތަކުގެ ސަބަބުން ކަމަށެވެ.

މި މައްސަލައިގެ ތަޙުޤީގަށް ހޯދާފައިވާ ލިޔެކިޔުންތަކުން އެއްބަސްވުންތަކާއި ގުޅިގެން އެ އެއްބަސްވުންތަކުގައިވާ މުދާ ސަޕްލަޔަރު ޑެލިވަރީކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުންކަން ވަނީ އެނގިފައިކަމަށް އޭސީސީން ބުނެއެވެ.

އަދި އެ އެއްބަސްވުންތަކާއި ފެނަކަ ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޕޮލިސީގައި، ކަނޑައަޅާފައިވާ ތާރީޚުގައި މުދާ ޑެލިވަރ ނުކުރާނަމަ، ސަޕްލަޔަރަށް ފައިސާ ދައްކާއިރު، މުދާ ޑެލިވަރކުރަން ލަސްވި މުއްދަތަށް ލިކުއިޑޭޓަޑް ޑެމޭޖަސް އުނިކުރެވޭނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ އެއްބަސްވުންތަކާއި ގުޅިގެން ސަޕްލަޔަރުންނަށް ފައިސާ ދޫކޮށްފައިވަނީ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިނުކޮށް ނުވަތަ އުނިކުރަންޖެހޭ ޢަދަދަށްވުރެ މަދުން އުނިކޮށްގެންކަން ތަހުޤީގަށް އެނގޭކަމަށް އޭސީސީން ބުނެއެވެ.

އަދި ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިކޮށްފައިނުވާތީ ނުވަތަ އުނިކުރަންޖެހޭ މިންވަރަށްވުރެ މަދުން ފައިސާ އުނިކޮށް ސަޕްލަޔަރުންނަށް ފައިސާ ދައްކާފައިވާތީ، 1,000,000.00 (އެއްމިލިއަން)އަށްވުރެ ގިނަ ރުފިޔާ، ފެނަކަ ކޯޕަރޭޝަނަށް ގެއްލިފައިވާކަން ތަހުގީގަށް އެންގެން އޮންނަކަމަށް އޭސީސީން ބުނެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް