Advertisement
ކ. މާލެ
|
2 އޯގަސްޓް 2024 | ހުކުރު 12:00
ފުލުހުންގެ ވެހިކަލް އެއްގައި ރޯކޮށްލާފައި
ފުލުހުންގެ ވެހިކަލް އެއްގައި ރޯކޮށްލާފައި
ޕޮލިސް
ފުލުހުންގެ ސައިކަލަށް ގެއްލުން ދިނުން
ނ.ހެނބަދޫގައި 2 ފުލުހެއްގެ ސައިކަލަށް ގެއްލުންދީފި
ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ގެއްލުން ދީފައިވަނީ އޮގަސްޓު 1 ވަނަ ދުވަހު
ފުލުހުންގެ ސައިކަލް ރޯކޮށްލި ކަމަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކަށް

ނ.ހެނބަދޫގައި 2 ފުލުހެއްގެ ސައިކަލަށް ގެއްލުންދީފިއެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން އެކަން ހާމަކުރެއްވީ އޭނާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ޝިފާން ވިދާޅުވީ ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް އޮގަސްޓު 1 ވަނަ ދުވަހު ގެއްލުންދީފައިވާ ކަމަށެވެ.

އަދި އިތުރު ފުލުހެއްގެ ސައިކަލުގައި ރޭ ދަންވަރު ވަނީ ރޯކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ޝިފާން ވިދާޅުވީ މިކަމަކީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ޝިފާން ހާމައެއް ނުކުރައްވައެވެ.

ޝިފާން އިތުރަށް ވިދާޅުވީ މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެކަން މިފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް ހަނދާންކޮށްދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް