ކ. މާލެ
|
24 ޖުލައި 2024 | ބުދަ 19:44
ގިނަ އަދަދެއްގެ މިޔަރުގައި ކޮކެއިންގެ އަސަރު ހުރުމުން ދޭހަވަނީ ޤަވާއިދާ ޚިލާފަށް ކުރާ މަސްތުވާތަކެތީގެ ވިޔަފާރީގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރާ ނޭދެވޭ އަސަރުކަމަށް ސައިންސްވެރިން ބުނޭ
ގިނަ އަދަދެއްގެ މިޔަރުގައި ކޮކެއިންގެ އަސަރު ހުރުމުން ދޭހަވަނީ ޤަވާއިދާ ޚިލާފަށް ކުރާ މަސްތުވާތަކެތީގެ ވިޔަފާރީގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރާ ނޭދެވޭ އަސަރުކަމަށް ސައިންސްވެރިން ބުނޭ
ގެޓީ އިމޭޖަސް
ގިނަ އަދަދެއްގެ މިޔަރު ކޮކޭންއަށް ޕޮޒިޓިވް ވުން
ބްރެޒިލް ގައި ގިނަ އަދަދެއްގެ މިޔަރު ކޮކޭން އަށް ޕޮސިޓިވް ވެއްޖެ
އޮސްވާލްޑޯ ކްރުޒް ފައުންޑޭޝަން އިން ކުރި މި ދިރާސާ އާއެކު މިޔަރުގައި ކޮކެއިން ހުރިކަން އެނގުނު މިއީ ފުރަތަމަ ފަހަރެވެ.

ބްރެޒިލްގެ އައްސޭރިފަށާ މާ ދުރުނޫން ހިސާބަކުން ޓެސްޓް ހެދި ގިނަ އަދަދެއްގެ މިޔަރު ކޮކޭން އަށް ޕޮސިޓިވް ވެއްޖެ ކަމަށް ސައިންސްވެރިން ހާމަ ކޮށްފިއެވެ.

މި ޓެސްޓްތައް ހެދި މެރިން ބަޔޮލޮޖިސްޓުން ހާމަކޮށްފައިވާ ގޮތުގައި ރިއޯ ޑީ ޖެނެއިރޯ ގެ އައްސޭރިފަށާ މާދުރު ނޫން ހިސާބަކުން ޓެސްޓް ހެދި 13 މިޔަރުވެސް ވަނީ ކޮކެއިން އަށް ޕޮސިޓިވް ވެފައެވެ.

ޓެސްޓްތަކުން އެނގުނު ގޮތުގައި މިޔަރުގެ މަސްގަނޑުގެ އިތުރުން މޭގަނޑުގައި މަތީ މިންވަރަކަށް ޑްރަގްގެ ބާވަތެއް ކަމަށްވާ ކޮކެއިންގެ އަސަރު ހުއްޓެވެ.

އޮސްވާލްޑޯ ކްރުޒް ފައުންޑޭޝަން އިން ކުރި މި ދިރާސާ އާއެކު މިޔަރުގައި ކޮކެއިން ހުރިކަން އެނގުނު މިއީ ފުރަތަމަ ފަހަރެވެ.

ތަޖުރިބާކާރުންގެ ދެކޭ ގޮތުގައި، މައިގަނޑު ގޮތެއްގައި މޫދަށް ކޮކޭން ވާސިލްވަނީ ހުއްދަ ނެތި ކޮކޭންގެ ވިޔަފާރީގައި ބޭނުން ކުރާ ލެބް ތަކުންނާއި ކޮކޭން ބޭނުން ކުރާ މީހުންގެ ނަޖިހުގެ ޒަރީއާ އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް