ކ. މާލެ
|
24 ޖުލައި 2024 | ބުދަ 09:02
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ގޭގެއަށް ދިން ޑައިނަމައިޓް ހަމަލާގައި ޒަޚަމްވި އަންހެނެއް ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގެ އިމަރޖެންސީ ވޯޑުގައި
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ގޭގެއަށް ދިން ޑައިނަމައިޓް ހަމަލާގައި ޒަޚަމްވި އަންހެނެއް ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގެ އިމަރޖެންސީ ވޯޑުގައި
އޭއެފްޕީ
ފަލަސްތީން އިސްރާއިލް ހަނގުރާމަ
ޚާން ޔޫނިސް އިން ގަދަ ކަމުން ބޭރުކޮށްލި ފަލަސްތީން މީހުންގެ ގަޔަށް ބަޑި ޖަހަނީ
ގެދޮރުން ނެރެ ފޮނުވާލުމަށް ފަހު ޔަހޫދީ ސިފައިން ގެންދަނީ ބައެއް ގޭގޭ ޑައިނަމައިޓް އަޅާ ގޮއްވާލަމުންނެވެ.
ޚަބަރުގެ އޯޑިއޯ

ޚާން ޔޫނިސްގެ ވަޒަންވެރިން ގަދަ ކަމުން އެމީހުންގެ ގޯތި ގެދޮރުން ނެރެ ބޭރު ކޮށްލުމުން ފުރާނަ ސަލާމަތް ކުރަން އެހެން ސަރަހައްދުތަކަށް މަޖުބޫރުން ދާ މީހުންގެ ގަޔަށް ވެސް ޔަހޫދީ ސިފައިން ބަޑިޖަހަމުންދާ ކަމަށް އަލް ޖަޒީރާ އިން ބުނެފިއެވެ.

ޚާން ޔޫނިސްގެ އިރުމަތީ ބައި ވަގުތުން ހުސްކުރުމަށް ޔަހޫދީ ސިފައިން ކުރި އަމުރާ އެކު 400،000ށް ވުރެ ގިނަ ފަލަސްތީން މީހުން ވަނީ ހާލުގައި ޖެހި ނުރައްކަލުގެ ތެރޭގައެވެ.

އަމިއްލަ ވަޒަނުން ނެރެ ފޮނުވާލަމުން ދާއިރު، އަނެއްކޮޅުން ޔަހޫދީ ސިފައިން ގެންދަނީ އިރުމަތީ ޚާން ޔޫނިސްގައި ފަލަސްތީނު މީހުންގެ ގެދޮރު ގޮއްވާލާ ސުންނާފަތި ކުރަމުން ކަމަށްވެސް އަލް ޖަޒީރާގެ ރިޕޯޓަރުން ބުނެއެވެ.

ޚާން ޔޫނިސް އިން މަޖުބޫރު ކޮށްގެން ނިކުންނަން ޖެހުނު ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ޖަމާވަމުން ދަނީ މިހާރުވެސް ތޮއްޖެހިފައިވާ އަލް-މަވާސީ ސަރަހައްދަށެވެ.

އދ އިން ބުނާ ގޮތުގައި، އިޒްރޭލުން ޚާން ޔޫނިސްގެ އެތައް ހާސް ވަޒަންވެރިން ނެރެ ބޭރުކުރުމުން އޭގެ ނަތީޖާއަކަށް ވެގެން ދާނީ، މުޅި ގާޒާ ސްޓްރިޕްގެ ޖުމްލަ އާބާދީ، ގާޒާގެ ބިމުގެ 20 އިންސައްތަ ވަރުގެ ސަރަހައްދަކަށް ތޮއްޖެހުން މަޖުބޫރުވުން ކަމުގައެވެ.

އަނެއްކޮޅުން ޚާން ޔޫނިސް އާއި ދާރް އަލް-ބަލާހް ގެ ފެނުން ޕޯލިއާ ވައިރަހުގެ އަސަރު ފެނުމާއެކު ބަލި ފެތުރިދާނެ ކަމުގެ ބިރުހީވެފައި ވުމާއެކު ފަލަސްތީނު މީހުން ޕޯލިއޯ އަށް ޓެސްޓް ކުރަން އދ ގެ ޓީމެއް ގާޒާ އަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ސިފައިން ގާޒާ އަށް އަރާ ދެމުންދާ ހަމަލާތަކުގައި މަރުވި ފަލަސްތީން މީހުންގެ އަދަދު މިހާރު ވަނީ 39،090ށް އަރާފައެވެ. ޔަހުދީ ސިފައިންގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 90،147ށް އަރާފައިވާ ކަމަށްވެސް ގާޒާގެ އޮފިޝަލުން ވަނީ ހާމަ ކޮށްފައެވެ.

- ކޮމެންޓް