Advertisement
ކ. މާލެ
|
21 ޖުލައި 2024 | އާދީއްތަ 13:40
ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް
ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް
ރާއްޖެއެމްވީ
އިޤްތިސާދީ އަސްލު ޙާލަތު
ސަރުކާރުގެ އިދާރާތަކުން އެކައްޗެއް ކިޔާ، އިޤްތިސާދީ އަސްލު ޙާލަތު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ފަތުހުﷲ
ދައުލަތެއްގެ ގޮތުގައި ހިނގާއިރު، ދައުލަތުގެ އިދާރާތަކުން ދައްކާ ވާހަކަތައް ދިމާވާން ޖެހޭ
މަޤުބޫލުކަން ހޯދުމަށްޓަކައި މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަވާން ޖެހޭ ވާހަކަ އެއްކޮޅުން ދައްކާ

މިއީ އެއް ދައުލަތެއް ކަމަށާއި، ދައުލަތުގެ އެކި އިދާރާތަކުން ދައްކާ ވާހަކަވެސް އެއްގޮތްވާން އެބަޖެހޭކަމަށް ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.

ފަތުހުﷲ އެހެން ވިދާޅުވީ ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement

އޭނާ ވިދާޅުވީ، ދައުލަތެއްގެ ގޮތުގައި ހިނގާއިރު، ދައުލަތުގެ އިދާރާތަކުން ދައްކާ ވާހަކަތައް ދިމާވާން ޖެހޭ ކަމަށެވެ. އެގޮތުން އެއްކޮޅުން ޤައުމު ބަނގުރޫޓުވެއޭ ކިޔާއިރު، ދައުލަތުގެ އަނެއް އިދާރާއިން އެއާ ޚިލާފަށް ވާހަކަ ދައްކާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ފަތުހުﷲ ވިދާޅުވީ، މިއަދުގެ ސަރުކާރު ބޮޑަށް ސިފަ ކުރެވެނީ "ޕޮޕިއުލަރިޓީ ކޮންޓެސްޓެއް" ގެ ގޮތުގައި ކަމަށެވެ. އެގޮތުން މަޤުބޫލުކަން ހޯދުމަށްޓަކައި މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަވާން ޖެހޭ ވާހަކަ އެއްކޮޅުން ދައްކާއިރު، ބަހާ އަމަލާ ދިމާނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ފުރަތަމަ ކަމަކީ ދައުލަތެއްގެ ގޮތުގައި ހިނގާއިރު މި ހުރިހާ ތަންތަނުންވެސް އެބަޖެހޭ ފުރަތަމަ ކަމަކަށް އެކައްޗެއް ކިޔަން، ބަނގުރޫޓުވާނޭވެސް އެބަ ކިޔާ، ބަނގުރޫޓު ނުވާނޭވެސް އެބަކިޔާ، ވަރަށް ހާލުގައޭ، ހާލުގައި ނުޖެހޭނޭ، އެ މެސެޖު ރައްޔިތުންނަށް ސާފުވާން އެބަޖެހޭ
ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް

އޭގެ އިތުރުން، ސަރުކާރުން މަސައްކަތް ކުރަނީ އާންމުން ބަަލައިގަންނާނެ ފަދަ ވާހަކަ ދައްކައިގެން މަޤްބޫލުކަން ހޯދުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އިންތިހާއަށް ގިނަވެ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް މުވައްޒަފުންގެ މުސާރައަށް ހަރަދުކުރަންޖެހި، މާލީ އަދި އިގްތިސާދީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ރާއްޖެއަށް އަންނަނީ އެކަމުގެ ނޭދެވޭ އަސަރުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް