ކ. މާލެ
|
21 ޖުލައި 2024 | އާދީއްތަ 11:17
އިންޑިގާގެ ގައުމީ ކޯޗު މާކުއޭޒް
އިންޑިގާގެ ގައުމީ ކޯޗު މާކުއޭޒް
އިންޑިޔާއަށް އާ ކޯޗެއް
އެފްސީ ގޯއާގެ ކޯޗު އިންޑިއާ ގައުމީ ކޯޗު ކަމަށް!
އެއްބަސްވުމުގެ މުއްދަތު ފެޑެރޭޝަނުން ނުބުނެއެވެ.

އެފްސީ ގޯއާގެ ކޯޗު މަނޯލީ މާކުއޭޒް އަށް އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗުކަން ދީފި އެވެ.

އެފްސީ ގޯއާގެ އެއްބަސްވުމުގައި ހުރި މާކުއޭޒްއާ ގައުމީ ޓީމް ހަވާލުކުރީ މިސީޒަން ނިމެންދެން ކްލަބަށްވެސް އިރުޝާދު ދެވޭ ގޮތަށެވެ.

އެފްސީ ގޯއާއިން ވަނީ ކޯޗު ގައުމީ ޓީމަށް ދޫކޮށްލަން އެއްބަސްވެފައެވެ. އެކަމަށް މާކުއޭޒް ވަނީ ޝުކުރުވެސް އަދާކޮށްފައެވެ. ހިނގަމުންދާ ސީޒަން ނިމެންދެން ގޯއާގެ ކޯޗުކަމުގައިވެސް މާކުއޭޒް ދެމިހުންނާނެ ކަން އިންޑިޔަން ފެޑެރޭޝަންގެ ބަޔާނުގައިވެސް ފާހަގަކޮށްފައި ވެއެވެ. ނަމަވެސް އޭނާއަށް ކޯޗުކަން ދިނީ ކިހާ މުއްދަތަކަށް ކަން ފާހަގަކޮށްފައެއް ނުވެއެވެ. އެކަމަކު ހިނގަމުންދާ ސީޒަން ނިމުމުން މާކުއޭޒް ހުންނާނީ ހަމައެކަނި ގައުމީ ޓީމްގެ ކޯޗުގެ ގޮތުގައެވެ.

މާކުއޭޒް އިންޑިޔާގައި އެފްސީ ގޯއާއާ ހަވާލުވުމުގެ ކުރިން މަސައްކަތްކުރީ ހައިދަރުއާބާދު އެފްސީގައެވެ. ކޯޗިންގެ ތަޖުރިބާއަށް ބަލާއިރު ސްޕެނިޝް ލަލީގާގެ ލަސް ޕަލްމާސްގެ ކޯޗުކަން ކުރިއެވެ. އަދި ލަސް ޕަލްމާސްގެ ބީ ޓީމާއި, އެސްޕަނިޔޯލް ބީ ޓީމަށްވެސް އިރުޝާދު ދިނެވެ. ސްޕެއިން ތިންވަނަ ޑިވިޝަންގައިވެސް އޭނާ މަސައްކަތް ކުރިއެވެ.

އިންޑިއާ ގައުމީ ޓީމްގެ ކޯޗުކަން ހުސްވީ ކްރޮއޭޝިޔާގެ ސްޓިމިކްގެ އެއްބަސްވުން ހަމަނުވަނީސް, އެއްބަސްވުން ނިމުމަކަށް ގެނައުމުންނެެވެ. އެއީ ވަރލްޑްކަޕް ކޮލިފިކޭޝަންގެ ނަތީޖާތައް ދަށްވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް