Advertisement
ކ. މާލެ
|
17 ޖުލައި 2024 | ބުދަ 09:41
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
ގުރުއާނުގެ ޢިލްމުކުރިއެރުވުން
"އާ ވަގުފު އިމާރާތްތަކާއި، ގުރުއާނާއި ބެހޭ މަރުކަޒުގެ އާ އިމާރާތެއް ޤާއިމްކުރަނީ"
ކީރިތި ޤުރުއާނާއި ބެހޭ މައުރަޒެއްވެސް ބާއްވަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި
މި ވަގުތު މާލޭގައި ހުރީ އެންމެ ވަޤުފް އިމާރާތެއް ކަމަށާއި އެ އިމާރާތައް އަހަރެއްއްގެ މައްޗަށް ލިބެނީ 6އެއްކަ މިލިއަން ރުފިޔާ ކަމަށް އެމަނިކުފާނު ވިދާޅުވި
ހާފިޒުންނަށް ލިބޭ އިނާޔަތް ދެގުނަ ކުރެއްވުން ފަދަ ބައެއް ބަދަލުތައް ވެސް ގެންނަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ

އާ ވަގުފު އިމާރާތްތަކާއި، ގުރުއާނާއި ބެހޭ މަރުކަޒުގެ އާ އިމާރާތެއް ޤާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގައި ކުރިއަށްދިޔަ 36 ވަނަ ޤައުމީ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކީރިތި ޤުރުއާނަކީ މުސްލިމުންގެ ދަސްތޫރުކަމަށާއި މުސްލިމުންގެ ދިރިއުޅުމުގެ މަގަކީ ކީރިތި ޤުރުއާން ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިން އިސްލާމް ދީން މަތީގައި ދެމި ތިބިތާ 900 އެއްހާ އަހަރުވެފައިވާ އިރު ދިވެހިންގެ ސަޤާފަތަކީ ކީރިތި ޤުރުއާން އެންމެ ކުޑަ އިރުން ފެށިގެން އުނގަންނައިދިނުން ކަަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ގުރުއާން ހަތިމްކޮށް ދަސްކިޔުމާއި، ދެ ނަމާދު ދޭތެރޭގައި ޤުރުއާން ކިޔެވުން ފަދަ އާދަތައް ދިވެހިންގެ ކިބައިގައި އަށަގަނެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ކީރިތި ޤުރުއާން އާއި މެދު މުސްލިމުންގެ ހައިސިއްޔަތުން ދިވެހިންގެ ހިތުގައި އުފެދިފައިވާ ޝައުގުވެރިކަމާއި މެދު ވާހަކަދައްކަވާފައެވެ. އެހެންކަމުން ޤުރުއާން ރީތިކޮށް ކިޔެވުމަށް ބާރު އެޅުމުގެ ގޮތުން ކުރައްވާނެ ކަންކަމަށް ރައީސް ވަނީ އަލިއަޅުވާލައްވާފައެވެ.

ކީރިތި ޤުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. ގުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅާނެ ކަަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ކޮންމެ ކަމެއް ކުރުމުގައި ވެސް މާލީ އެހީތެރިކަން ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ދީނީ ކަންކަން ކުރުމަށް ކުރަން ޖެހޭ ހޭދަ އިތުރުކުރެވޭނެ މަގު ހޯދުމަށް މަސައްކަތްކުރައްވާ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ. މި ވަގުތު މާލޭގައި ހުރީ އެންމެ ވަޤުފް އިމާރާތެއް ކަމަށާއި އެ އިމާރާތައް އަހަރެއްއްގެ މައްޗަށް ލިބެނީ 6އެއްކަ މިލިއަން ރުފިޔާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ދާރުއްސަލާމް" އާއި "ދާރުލްއަރްޤަމް" ގެ ނަމުގައި އިތުރު ދެ ވަޤްފު އިމާރާތް ބިނާ ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ހިލޭ ކީރިތި ޤުރުއާން ކިޔެވޭނެ ކުލާސްތައް އިތުރުކުރައްވަން ރައީސް ވައުދުވެވަޑައިގަތެވެ. މީގެ އިތުރުން، މި އަންނަ އަހަރުންފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި ހައްދަވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ހާފިޒުންނަށް ލިބޭ އިނާޔަތް ދެގުނަ ކުރެއްވުން ފަދަ ބައެއް ބަދަލުތައް ވެސް ގެންނަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ކީރިތި ޤުރުއާނާއި ބެހޭ މައުރަޒެއްވެސް ބާއްވަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކީރިތި ޤުރުއާނުގެ ޢިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުންދާކަމަށެވެ. އަދި އެކަމަށް ބޭނުންވާ މާލީ އެހީ ތަނަވަސްކުރުމަށް ކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ކުރިއަށްގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.ހަމައެއާއެކު ކީރިތި ޤުރުއާން އުނގަންނައިދިނުމަށް، ކީރިތި ޤުރުއާނަށް ޚާއްޞަ ޤައުމީ ހިޔާވައްސެއް ހުރުމަކީ މުހިންމުކަމެއްކަމުގައި ފާހަގަކުރައްވައި މި ސަރުކާރުގެ މެނިފެސްޓޯގެ ވަޢުދުތަކާ އެއްގޮތަށް އެ ފުޅާމިނުގައި ޤުރުއާނާބެހޭ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ކީރިތި ޤުރުއާނާބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޭގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިޔަތާއި ޢަމަލުގެ މަސްދަރަކީ ކީރިތި ޤުރްއާންކަމުގައި ހެއްދެވުމަށް އިލްތިމާސްކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް