Advertisement
ކ. މާލެ
|
13 ޖުލައި 2024 | ހޮނިހިރު 22:37
ކުއްލިގޮތަކަށް ނިޔާވި މާރަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަމީޒް
ކުއްލިގޮތަކަށް ނިޔާވި މާރަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަމީޒް
މާރަންދޫ ކައުންސިލް
މާރަންދޫ ކައުންސިލުގެ ނައިބު ރައީސް
މާރަންދޫ ކައުންސިލުގެ ނައިބު ރައީސް ރަމީޒް ކުއްލި ގޮތަކަށް ނިޔާވެއްޖެ
ރަމީޒު ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން
ޖަނާޒާގެ ކަންކަން އޮތީ ދިއްދޫގައި

މާރަންދޫ ކައުންސިލުގެ ނައިބު ރައީސް އަހްމަދު ރަމީޒު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން ވިދާޅުވީ ކައުންސިލްގެ ނައިބުރައީސް ހޮނިހިރު ދުވަހުގެ ހަވީރު ކުޅެންގޮސް ހުއްޓާ ކުއްލިއަކަށް ނޭވާލާން އުނދަގޫވެގެން ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އަދި ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުންވެސް ޑޮކްޓަރާއިވެސް ވާހަކަ ދެއްކި ކަމަށާއި، ނަމަވެސް އަނެއްކާވެސް ކުއްލިއަކަށް ނޭވާލާން އުނދަގޫވުމުން، ކައުންސިލާއި ސިއްހީ މަރުކަޒުގެ މަސައްކަތުން ނައިބު ރައީސް ވަގުތުން ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

Advertisement

ކައުންސިލްގެ ރައީސް ވިދާޅުވީ ނައިބު ރައީސްއަށް ޖެހުނީ ހާޓްއެޓޭކެއް ކަމަށާއި، ނިޔާވީ 8:30 ހާއިރު ކަމަށެވެ. އަދި ޖަނާޒާގެ ކަންކަން ކުރިއަށްދާނީ ދިއްދޫގައި ކަމަށެވެ.

ރަމީޒުގެ ކުއްލި ވަކިވެގަތުމާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާރަންދޫ ކައުންސިލުގެ ނައިބު ރައީސްގެ މަގާމުގައި އެމްޑީޕީ ތަމްސީލު ކުރައްވަމުން ގެންދެވި އަހްމަދު ރަމީޒު ކުއްލި ގޮތަކަށް ނިޔާވި ހަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށެވެ. އަދި ރަމީޒަކީ އެ ޕާޓިއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. މާތް ﷲ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާކުރާ ކަމަށް ފައްޔާޒުގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އެމްޑީޕީން އެކްސްގައި ކުރެއްވި ޕޯސްޓުގައި ބުނެފައިވަނީ އެޕާޓީއަށް ނިސްބަތްވާ ހއ. މާރަންދޫ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ރަމީޒް ނިޔާވުމުގެ ފުންހިތާމައިގައި ޕާޓީ ބައިވެރިވާ ކަމަށެވެ. އަދި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ އަދި އާއިލާއަށް ކެތްތެރިކަން ދެއްވުމަށްއެދި ދުއާކުރައްވާފައިވެއެވެ.

މާރަންދޫ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ރަމީޒު އަކީ އެމްޑީޕީގެ އިސްލާހީ އެކި ހަރަކާތްތަކުގައި ބައިވެރިވެ ޕާޓީގެ އެކި ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް