ކ. މާލެ
|
12 ޖުލައި 2024 | ހުކުރު 16:42
ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް
ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް
ރާއްޖެއެމްވީ
ރައީސް މުއިއްޒުގެ ސަރުކާރު
ރައީސް މުއިއްޒު އަށް ސަރުކާރު ހިންގާކަށް ނޭނގޭ، އުޅެނީ ބާރުތައް އެއްކުރަން - ޝަރީފް
އޭނާ ވަނީ އިދާރާތަކަށް ނުފޫޒު ފޯރުވާ ކަމަށާއި މި ސަރުކާރު ހިންގަމުން ދަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެފަ

ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ސަރުކާރު ހިންގާކަށް ނޭނގޭ އުޅެނީ ބާރުތައް އެއްކުރަންކަމަށް މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެއްވެސް ކަމެއްގައި ބާރު ދޫކޮށްލަން ރައީސް މުއިއްޒު ބޭނުންފުޅު ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ އިދާރާތަކަށް ނުފޫޒު ފޯރުވާ ކަމަށާއި މި ސަރުކާރު ހިންގަމުން ދަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެފައެވެ. އެއްވެސް ކުންފުންޏަކުން މިހާރު އަގަކާއި ނުލާ ޚިދުމަތެއް ނުލިބޭ ކަމަށާއި މިހާރު ފެންނަނީ ލިބެންޖެހޭ މުހިންމު ޚިދުމަތްތައް ނުލިބިގެން ހިތާމަވެރި ހާދިސާތައް ހިނގާތަން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނިމިދިޔަ ސަރުކާރަށް އިގްތިޞާދީ ގޮތުން ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ދިމާވި ކަމަށެވެ. ކޮވިޑް-19އިގެ ނުރައްކާތެރި ހާލަތުގައި ވެސް އިގްތިޞާދު މެނޭޖްކުރީ ރަނގަޅަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޒަރޫރީ ކަންކަން ފުއްދާ ދިނުމުގެ އިތުރުން އެއްވެސް މަސައްކަތްތެރިއަކަށް ނިކަމެތިކަމެއް ނުލިބޭކަން ސަރުކާރުން ކަށަވަރުކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރަށް މެނޭޖްކުރަން ނޭނގޭ ކަމަށާއި އިގްތިޞާދީ މަސްރަހަށް ބަލާލުމުން އެކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނިމިދިޔަ ސަރުކާރުން ދައްކަން ޖެހުނު ލޯނުތައް ވެސް ހުރި ކަމަށާއި އޭރު އާއްމުންނަށް އެކަން ތަކުލީފަކަށް ނުވީ އޭރުގެ ސަަރުކާރުން ކަންކަން މެނޭޖްކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ގޮތަށް ފާޑު ވިދާޅުވެ އޭނާ ވަނީ މި ސަރުކާރު އައީއްސުރެ ފެންނަނީ ނުރަނގަޅު ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ. ފުރަތަމަ ގޯހަކީ ވެރިކަމުގެ ހުވާކުރައްވަން ވެސް ބޮޑު ޚަރަދެއް ކުރެއްވުން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަަމަށް އެކަނި ވެސް 100 ވަރަކަށް މިލިއަން ރުފިޔާ ހުރިހާ ޚަރަދެއް އެއްކޮށް ހިނގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޮޑު އަގު ދީފައި ވަޒީރުންނަށް ކާރުތައް ގެނައުމާއި، މުލިއާގެއަށާއި ވަޒީރުންގެ އޮފީހަށް ކުރި ޚަރަދުތައް ވެސް ވަރަށް ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. އެއްކޮޅުން ރާއްޖޭގެ އިގްތިސާދުގެ ވާހަކަދައްކާ އިރު ސަރުކާރުގެ ޚަރަދުތައް ހުރީ އެއާއި ނުބައްދަލު ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް