ކ. މާލެ
|
4 ޖުލައި 2024 | ބުރާސްފަތި 19:38
ރޯވެފައިވާ މ.އެންޒިއަންގޭގެ މަންޒަރުތައް
ރޯވެފައިވާ މ.އެންޒިއަންގޭގެ މަންޒަރުތައް
އެމްއެންޑީއެފް
މާލޭގެ ގެއެއްގައި ރޯވުން
ރޯވީ އެންޒިއަން ގޭގައި، 4 މީހުންނަށް އަނިޔާވި
މ.އެންޒިއަންގޭގެ 3 ވަނަ ފަންގިފިލާގައި ރޯވި އެ އަލިފާންގަނޑު ނިއްވާލިކަން އެމްއެންޑީއެފުން ހާމަކުރީ 02:50ހާއިރު
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް އައި އިރު ސާފު ނުވާ ކަމަށް އެމްއެންޑީއެފުން ބުނޭ

މާލޭގައި ހިނގި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ.އެންޒިއަންގޭގެ 3 ވަނަ ފަންގިފިލާގައި ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެ ހާދިސާ ހިނގައިގެން ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 2:15 ހާއިރެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ރާއްޖެ އެމްވީ އަށް ވިދާޅުވީ މި ހާދިސާގައި، ދުމުގެ އަސަރުކޮށްގެން 4 މީހަކު ވަނީ ހޮސްޕިޓަލަށް ގެންދެވިފަ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް އައި އިރު ސާފު ނުވާ ކަމަށެވެ.

އެ އަލިފާނުގެ ހާދިސާގައި އެ ފަންގިފިލާގައި ހުރި ގިނަ އަދަދެއްގެ ތަކެއްޗަށް ވަނީ ބޭނުން ނުކުރެވޭވަރަށް ގެއްލުން ލިބިފަކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މ.އެންޒިއަންގޭގެ 3 ވަނަ ފަންގިފިލާގައި ރޯވި އެ އަލިފާންގަނޑު ނިއްވާލިކަން އެމްއެންޑީއެފުން ހާމަކުރީ 02:50ހާއިރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް