ކ. މާލެ
|
3 ޖުލައި 2024 | ބުދަ 16:53
ބެލްޖިއަމް ކެޕްޓަން ކެވިން ޑްބްރޫނޭ
ބެލްޖިއަމް ކެޕްޓަން ކެވިން ޑްބްރޫނޭ
ގޫގުލް
ޔޫރޯ 2024
ޑެބްރޫނޭ ނޫސްވެރިޔާއަށް: ތިކުރީ ތާކުންތާކު ނުޖެހޭ ސުވާލެއް؟
ޕަލްމޭރީ އަކީ ސްޕޯޓްސް އިޓާލީއާ އާއި ސީއެންއެން އަދި އެނޫން ވެސް ސްޓޭޝަންތަކަށް މަސައްކަތް ކޮށްދޭ ނޫސްވެރިއެކެވެ.

ބެލްޖިއަމް ޔޫރޯއިން ކެޓުމުން ކެޕްޓަން ކެވިން ޑެބްރޫނޭ ނޫސްވެރިން ކުރި ސުވާލުތަކާމެދު ހިތްހަމަނުޖެހިގެން ރައްދު ދީފި އެވެ.

ފްރާންސް އަތުން 1-0ން ބަލިވެ މުބާރާތުން ކެޓި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިޓަލީގެ ނޫސްވެރިޔާ ޓޭން ޕަލްމޭރީ ޑެބްރޫނޭ ގާތުގައި އެހީ ބެލްޖިއަމްގެ ގޯލްޑަން ޖެނެރޭޝަނަށް ތައްޓެއް ނުލިބުމުން އެކަމާ ދެރަވޭތޯ އެވެ. ޕަލްމޭރީ އަކީ ސްޕޯޓްސް އިޓާލީއާ އާއި ސީއެންއެން އަދި އެނޫން ވެސް ސްޓޭޝަންތަކަށް މަސައްކަތް ކޮށްދޭ ނޫސްވެރިއެކެވެ.

"ގޯލްޑަން ޖެނެރޭޝަނަކީ ކޯއްޗެއް؟"
ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑެބްރޫނޭ ބުންޏެވެ.

ރައްދުގައި ނޫސްވެރިޔާ ބުނީ އެއީ ބެލްޖިއަމްގެ މިހާރުގެ ޓީމުގެ ކުޅުންތެރިން ކަމަށެވެ. މިހެން ބުނުމުން ޑެބްރޫނޭ ރުޅި އައިސްފައި ބުނީ އެހެން ގައުމުތަކުގައި ގޯލްޑަން ޖެނެރޭޝަން ނެތީތޯ އެވެ.

"ފްރާންސް، އިންގްލޭންޑް، ސްޕޭން، ޖާމަނީގައި (ގޯލްޑަން ޖެނެރޭޝަން) ނެތީތަ؟
ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑެބްރޫނޭ ބުންޏެވެ.

ޕްރެސް ކޮންފަރެންސް ނިންމާލާފައި ދަމުން އޭނާ ވަނީ މި ސުވާލަށް އިތުރަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"ތާކުންތާކު ނުޖެހޭ ސުވާލެއް. ކޮން ކަހަލަ ސުވާލެއް ތިޔަ ކުރަނީ. ވަރަށް ތާކުންތާކު ނުޖެހޭ،" ޑެބްރޫނޭ ބުންޏެވެ.
ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑެބްރޫނޭ ބުންޏެވެ.

ބެލްޖިއަމްގެ ރަންޖީލު ކަމަށް ބުނަނީ ޑެބްރޫނޭ އާއި އޭނާއާއެކު އެންމެ ފަހުގެ ފަސް ބޮޑު މުބާރާތް ކުޅުނު ކުޅުންތެރިންނަށެވެ. އެއީ އެ ގައުމުގައި ދުވަހަކު ވެސް ނެތް ފެންވަރުގެ މޮޅު ކުޅުންތެރިންނަށް މި ކުޅުންތެރިން ވެފައި ޔޫރަޕުގެ އެންމެ ގަދަ ލީގުތަކާއި ޓީމުތަކަށް ކުޅޭތީ އެވެ. ނަމަވެސް ކުލަބުތަގައި މި ކުޅުންތެރިން ހޯދާ ތަށިތައް ގައުމީ ޓީމުގައި ހޯދިފައިނުވެ، ގިނަ ކުޅުންތެރިންނަށް ވަނީ ކެރިއާ ނިންމާލަން ޖެހިފަ އެވެ. އުމުރުން 33 އަހަރުގެ ޑެބްރޫނޭ އަށް މީގެ ހަތަރު އަހަރު ފަހުން އިތުރު ޔޫރޯ އަށް ކުޅެން ފުރުސަތު ލިބުން ދުރެވެ. ނޫސްވެރިޔާ އެ ސުވާލު އަމާޒުކުރީ މިހެންވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް