ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 19:24
މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ މެންބަރުންގެ މުސާރަ
މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ގާސިމް ދެކޮޅު
20000 ރުފިޔާއަކުން މެންބަރުންނަށް ހަމަނުޖެއްސޭ
މުސާރައިގެ އަދަދު ކުޑަކުރަން ވެސް އިނާޔަތެއް ވެސް ކުޑަކުރަން ނުފެނޭ
މަޖިލީހުގެ މެންބަރުންނަށް ދެ ދައުރު އޮތުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ ގޮތެއް ނޫން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމާއި ދެކޮޅު ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުންގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާދިއުމާ މެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ޓަކައި ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސްކުރައްވަމުން މެންބަރު ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެ ދައުރު އޮތުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ ގޮތެއް ނޫން ކަމަށާއި އެކަމާއި ދެކޮޅު ކަމަށެވެ.

އަދި ހަމަ އެހެންމެ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައިގެ އަދަދު ކުޑަކުރަން ވެސް ނުފެންނަ ކަމަށާއި، އަދި އިނާޔަތެއް ވެސް ކުޑަކުރަން ނުފެންނަ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެނީ ރާއްޖޭގެ އެކި ރަށްރަށުން ކަންކަމަށް ހޮވިވަޑައިގެން މިތަނަށް ވަޑައިގަންނަވާ ބޭފުޅުން 20000 ރުފިޔާ އެލަވަންސެކޭ ބުންޏަސް 20000 ރުފިޔާއަކުން އެ ބޭފުޅުންނަށް ހަމަނުޖެއްސޭކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އިނގޭ. އެހެންވީމާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަށް ޔުނިޓަރީ ދައުލަތެއްގައި އޮންނަންވީ އެންމެ ރަނގަޅު، ފުރިހަމަ ނިޒާމެއްގައި މި އޮތީ.
މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

ގާސިމް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބުނަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ އަދި ދިވެހިރާއްޖޭގައި ވެރިކަން ހިނގަނީ ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ކަމަށާއި، ފެޑަރަލް ސިސްޓަމެއްގައި އޮންނަ އުސޫލުގެ ވާހަކަ އަޑުބާރުކޮށްފައި ވިދާޅުވިޔަސް އިންޑިއާއާއި އެމެރިކާ އަދި އެހެން ތަންތަނެއްގެ ވާހަކަދެއްކިޔަސް އެ ދައުލަތްތަކަކީ ފެޑަރަލް ސިސްޓަމަށް އޮންނަ ތަންތަން ކަމަށެވެ.

އަދި އެތަނާއި ދިވެހިރާއްޖެއާ ވަރަށް ތަފާތު ކަންތައްތަކެއް އެބަ ހުރި ކަމަށާއި، އެހެންކަމުން، އޭގެ މައްޗަށް ބިނާކޮށް ބަލާއިރު ރައްޔިތުންގެ މަޖިލިސް މެންބަރުންނަކީ އެހެން އެއްވެސް ސިފައެއްގައި ހައްގު ގޮތުގައި އަތަށް ލާރިއެއް ލިބޭނެ ގޮތެއް އޮތް ބައެއް ނޫން ކަމަށެވެ. އަދު ދައުލަތުގެ ހުރިހާ މަސައްކަތްތައް ކުރާ ވުޒާރާތަކާއި އަދި އެ ނޫން އެހެން ކުންފުނިތަކާއި ތަންތަނުގެ ވެރިންނާއި އަދި އެ ތަންތާގެ މުވައްޒަފުންނަށް ލިބޭ ފަދައިން މަޖިލީހުގެ މެންބަރުންނަކީ ފައިސާ އަތުގައި ޖެހޭ ބައެއް ނޫން ކަމަށެވެ.

އެހެންވީމ،ާ އެއްގޮތަކަށް ވެސް 5 އަހަރު 5 ދައުރު، 6 ދައުރު އަޔަސް ވެސް ރައްޔިތުންގެ މަޖިލިސް މެންބަރުންނަކަށް ލިމިޓެއް އޮތް ތަނެއް އަޅުގަނޑު އަޑުއަހާފައެއް ނެތް ދުނިޔޭގެ އެއްވެސް ޤައުމެއްގައެއް. އެހެންވީމާ، ދެ ދައުރު އޮތުމަކީ އެއްގޮތަކަށް ވެސް ފަރުޖެހޭ ކަމެއް ނޫން. އެހެންނަމަވެސް، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ދެ ދައުރު ވެރިކަންކުރީމާ ވެރިކަމަށް އަންނަ ބޭފުޅަކަށް ނުހުރެވޭނެ. އަދި އެ ނޫން ވެސް އެހެން މަގާމުތަކުގައި އެގޮތަށް ދައުރު ކަނޑައެޅިގެންދާ ގޮތަށް އޮތުމަކީ އެއީ އަޅުގަނޑުމެން އަމިއްލައަށް އުފަންކޮށްގެން އުޅޭ އުސޫލެއް ކަމަކަށް އަޅުގަނޑު ނުދަންނަވަން.
މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

ގާސިމް ވިދާޅުވީ އެހެންކަމުން، އެކަންކަމާ ބެހޭ ގޮތުން މެންބަރުން ބަހުސްކޮށް، ވާހަކަދައްކާ، އެކަމަށް ހައްލެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް