ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 16:20
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސި އިޓަލީގެ އަސްކަރީ އުޅަނދުތައް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސި އިޓަލީގެ އަސްކަރީ އުޅަނދުތައް
އޭވިއޭޓަރސް މޯލްޑިވްސް
އިޓަލީގެ އަސްކަރީ މަތިންދާބޯޓު
މާލެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑު - އިޓަލީގެ އަސްކަރީ 5 އުޅަނދެއް ވީއައިއޭއަށް ޖައްސައިފި
ވީއައިއޭގައި ޖައްސާފައިވަނީ އަސްކަރީ 4 ޖެޓާއި މަތިންދާބޯޓެއް

އަންގާރަ ދުވަހުގެ މެންދުރު މާލެ މަތިން އިވުނު ބާރުގަދަ އަޑުފައްގަނޑަކީ އިޓަލީގެ އަސްކަރިއްޔާގެ 5 އުޅަނދެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސަން އައި އަޑުފަށްގަނޑު ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މެންދުރު ފަހު 3:15 ހާއިރު މާލެ މަތިން ބާރުގަދަ އަޑުފަށްގަނޑެއް އިވިފައިވެއެވެ. އަދި އެއީ ހުއްދަ ހޯދައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި އިޓަލީގެ އަސްކަރީ 4 އުޅަނދުގެ އަޑުފައްގަނޑުކަމަށް އެމްއެންޑީއެފުން ބުނެއެއެވެ. އެމްއެންޑީއެފުން ބުނީ މި އުޅަނދުތަކަކީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން ލޮޖިސްޓިކް ބޭނުމަށް ވީއައިއޭގައި ޖެއްސި އުޅަނދުތަކެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވީއައިއޭގައި ޖައްސާފައިވަނީ އަސްކަރީ 4 ޖެޓާއި މަތިންދާބޯޓެކެވެ.

އޭވިއޭޓަރ މޯލްޑިވްސްއިން އެކްސްގައި ކުރި ޕޯސްޓޫގައި ބުނެފައިވަނީ އަސްކަރީ އުޅަނދުތައް ވީއައިއޭގައި ޖައްސާފައިވަނީ ޓްރާންސިޓްވުމަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް