ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 23:38
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ އިހުލާސްތެރިކަމެއް ނެތި ކަމަށް އޭނާ ވިދާޅުވި
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ އިހުލާސްތެރިކަމެއް ނެތި ކަމަށް އޭނާ ވިދާޅުވި
ރާއްޖެއެމްވީ
މަސަވެރިންގެ ކަންބޮޑުވުންތައް
ހަނީމޫން ޕީރިއަޑްވެސް ނުނިމެނީސް ސަރުކާރުން މަސްވެރިންނަށް ދިނީ ދޯކާ - އަހުމަދު ދީދީ
މަސްވެރިކަމުގެ ސިޔާސަތަށް ސަރުކާރުން ގެންނަން ބޭނުން ވަނީ ކޮން ކަހަލަ ބަދަލެއްކަން ހުދު ސަރުކާރަށް ވެސް ސާފު ނުވާ ކަމަށް ދީދީ ވިދާޅުވި
މި ސަރުކާރުން މަސްވެރިންގެ އުންމީދުތައް ވެއްޔާއި މޮޑެވިގެން ގޮސްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ

ހަނީމޫން ޕީރިއަޑްވެސް ނުނިމެނީސް ސަރުކާރުން މަސްވެރިންނަށް ދިނީ ދޯކާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ މަހުގެ އަގަށް ސަރުކާރުން ގެނައި ބަދަލަކީ ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްކުރުވާ ފަދަ ބަދަލެއް ކަމަށެވެ. އެކަމުގެ ނޭދެވޭ އަސަރު މަސްވެރިންގެ އިތުރުން އެހެން ވިޔަފާރިވެރިންނަށް ވެސް ކުރާނެ ކަމަށް ދީދީ ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ދީދީ ފާހަގަކުރެއްވީ މަސްވެރިންނަށް ލިބޭ އާމްދަނީ އަކީ ރަށުގެ އިގްތިސާދުގައި ދައުރުވާ ފައިސާގެ ބޮޑު އިންސައްތަ އެއް ހިއްސާކުރާ ކަމަކަށް ވުމެވެ. ރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު 20ރ އަށް ވުރެ ދަށް ނުކުރައްވާނޭ ކަމަށް ވިދާޅުވެގެން ކަމަށް ވީ ނަމަވެސް އެ ވައުދާއި ކަނޑައެޅިގެން ޚިޔާފުވެފައިވާ ކަަމަށް ދީދީ ވަނީ ވިދާޅުވެފައެވެ. މަސްވެރިކަމުގެ ސިޔާސަތަށް ސަރުކާރުން ގެންނަން ބޭނުން ވަނީ ކޮން ކަހަލަ ބަދަލެއްކަން ހުދު ސަރުކާރަށް ވެސް ސާފު ނުވާ ކަމަށް ދީދީ ވިދާޅުވިއެވެ. އަދި މި ސަރުކާރުން މަސްވެރިންގެ އުންމީދުތައް ވެއްޔާއި މޮޑެވިގެން ގޮސްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދީދީ ވަނީ މަސްވެރިންނާއި މެދު އަމަލުކުރާ ގޮތުން މަސްވެރިން މަހަށް ދިއުމަށް ބަހައްޓާ ޝައުގުވެރިކަން ގެއްލި އެ ދާއިރާގެ ކުރިމަގަށް ވެސް އަސަރު ކުރާ ކަމަށް ވިދާޅުވެފައެވެ.

މި ދައްކަނީ މިއަކުން ދެކޮޅު ނުޖެހެއޭ. މިކަހަލަ ޝުއޫރުތަކެއް މަންޒަރުތަކެއް ސަރުކާރުން މިދައްކަނީ. މުސްތަޤްބަލުގައި އަންނަން ތިބި މަސްވެރިންނަށް ނުރަނގަޅު މެސެޖެއް މި ދެވެނީ. މިއީ މަސްވެރިކަމަށް ވަރަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމެއް. މި ސިނާއަތަށް އަސަރުކުރާ ފަދަ ފިޔަވަޅުތަކެއް އަމުދުން މި ދަނޑިވަޅުގައި، ޑޮލަރު ލިބޭ ސިނާއަތަކަށް އަސަރުކުރާ ގޮތަށް ޢަމަލުކުރުމަކީ. މަހުގެ އަގުވެސް ކުއްލިއަކަށް ދަށްކޮށްލީ. ވާ ވައުދާއި ޚިލާފު މީހެއްގެ ގޮތުގައި ޑރ.މުއިއްޒު ރައްޔިތުން ފާހަގަކުރަނީ. ރައްޔިތުންގެ އިތުބާރު ގެއްލެނީ މިކަމާއި ހުރެ. ޝައުގުވެރިވެގެން މިކަމަށް އަންނަން ތިބި މީހުންނަށް ވެސް ވަރަށް ބޮޑު އުނދަނގުލަކަށް ވާނެ މިކަން.
މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ

ސަރުކާރުން ދަނީ މަސްވެރިންނަށް އޮޅުވާލަން މަސައްކަތް ކުރަމުން ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ. ސަރުކާރުން މަސްވެެރިކަމަކީ އާދައިގެ ވިޔަފާރިއެއްގެ ގޮތުގައި ސިފަކުރަމުންދާ ކަމަށާއި މަސްވެރިކަމަކީ އާދައިގެ ވިޔަފާރިއެއްގެެ ގޮތުގައި ނުބެލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަސްވެރިކަމަކީ ރާއްޖެ އަށް ޑޮލަރު އެތެރެކުރާ ދެ ސިނާއަތުގެ ތެރެއިން އެއް ސިނާއަތް ކަމަށް ދީދީ ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ގިނަ ލޯނުތަކެއް ދައްކަން ޖެހޭ އިރު ރާއްޖެ އަށް ޑޮލަރު ލިބޭނެ މަގު ހަނިވާ ގޮތަށް އަމަލުކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މަސްވެރިންނަށް ޑރ.މުއިއްޒު ވީ ވައުދުތައް މިހާރު ވެފައި ވަނީ ބޮޑު ޖޯކަކަށް ކަމަށް ވެސް ދީދީ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް