ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 19:34
ރައީސް އޮފީހުގެ ލީގަލް އެފެއަރސްގެ ކުރީގެ އަންޑަރ ސެކްރެޓަރީ އަހުމަދު މައުރޫފް
ރައީސް އޮފީހުގެ ލީގަލް އެފެއަރސްގެ ކުރީގެ އަންޑަރ ސެކްރެޓަރީ އަހުމަދު މައުރޫފް
ރާއްޖެއެމްވީ
އެމްޑިޕީ ޕްރެސް
އެމްޑީޕީ ވެރިކަމުގައި ނެތް ކޮންމެ ފަހަރަކު ޖަލުގައި އަނިޔާކުރުން ފަދަ މައްސަލަތައް އާއްމުވޭ: މައުރޫފް
ކަރެކްޝަންސްގެ ނަމުގައި ވަކި އިދާރާ އެއް އުފެއްދުމުގެ އެންމެ މުހިއްމު އެއް މަޤްސަދަކީ ވެސް ޖަލުގައި ތިބޭ ގައިދީން ބެލެހެއްޓުން ހަރުދަނާކުރުން ކަމަށް މައުރޫފް ވިދާޅުވި
ފެށުނީއްސުރެ އެމްޑީޕީން މަސައްކަތް ކޮށްފައިވާނީ ޖަލުގައި އަނިޔާކުރުން ހުއްޓުވުމަށާއި އިންސާނީ ހައްގުތައް ހޯދާދިނުމުގެ ވިސްނުމުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ

އެމްޑީޕީ ވެރިކަމުގައި ނެތް ކޮންމެ ފަހަރަކު ޖަލުގައި އަނިޔާކުރުން ފަދަ މައްސަލަތައް އާއްމުވާ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުގައި ހިމެނޭ އަހްމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، މައުރޫފް ވިދާޅުވީ ޖަލަށް ލާފައި ތިބޭ މީހުންނަށް ފުރިހަމަ ރައްކާތެރިކަން ލިބެން ޖެހޭ ކަަމަށެވެ. އަދި ފެށުނީއްސުރެ އެމްޑީޕީން މަސައްކަތް ކޮށްފައިވާނީ ޖަލުގައި އަނިޔާކުރުން ހުއްޓުވުމަށާއި އިންސާނީ ހައްގުތައް ހޯދައިދިނުމުގެ ވިސްނުމުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ މަޤްސަދު ހާސިލްކުރުމަށް މުއައްސަސާތަކަށް ބަދަލުގެނައުމާއި، އާ ޤާނޫނުތައް އެކުލަވާލުން ފަދަ ގިނަ މަސައްކަތްތަކެއް އެމްޑީޕީގެ އިސްނެގުމާއި އެކު ކުރެވިފައިވާ ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ. މައުރޫފް ވިދާޅުވީ ކަރެކްޝަންސްގެ ނަމުގައި ވަކި އިދާރާ އެއް އުފެއްދުމުގެ އެންމެ މުހިންމު އެއް މަޤްސަދަކީ ވެސް ޖަލުގައި ތިބޭ ގައިދީން ބެލެހެއްޓުމާއި، ފުލުހުންގެ ޚިދުމަތާއި ވަކިކުރެވި ރަނގަޅު ޚިދުމަތެއް ދިނުން ކަމަށެވެ. އަދި އެ ކަންކަން ބަލާނެ މުއައްސަސާއެއްގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން ހިމަނާފައި ވަނީ ޖަލުގައި ތިބި ނަމަވެސް އިންސާނީ ހައްގުތައް ނިގުޅައިގަންނަ ހާލަތުގައި އެކަން ބަލާ، ޖަވާބުދާރީ ކުރުވާނެ ފަރާތެއް އޮތުން މުހިންމުވުމުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވިއެވެ. މީގެ އިތުރުން އެންޓި ޓޯޗަރ ޤާނޫނުގެ ނަމުގައި ޤާނޫނެއް އެކުލަވާލާފައި ވަނީ ޖަލުގައި އަނިޔާކުރުމާއި އިންސާނީ ހައްގުތައް ހިފެހެއްޓުމަކީ ޤާނޫނީ ކުށްކަމުގައި ކަނޑައެމަށްޓަކާ ކަަަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އެމްޑީޕީ ވެރިކަމުގައި ނެތް ހާލަތުތަކުގައި އެފަދަ މައްސަލަތައް އިތުރުވެގެންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ވެރިކަމުގައި ނޮއޮންނަ ނަމަ މިފަދަ ކަންތައްތައް އިތުރުވެގެންދޭ. އަދި އިންސާނީ ހައްގުތަކަށް އަރައިގަތުމާ ޖަލުގަ އަނިޔާ ކުރުމާއި މިފަދަ ކަންކަން އާއްމުވެ އެކަމުގެ ޝަކުވާ އާއްމުވޭ. ވަރަށް ކަންބޮޑުވޭ މިޒާތުގެ ވިސްނުމުގެ މީހުން ވެރިކަމުގައި ވެސް ތިބީ. އަދި ޖަވާބުދާރީކުރުވާން ވެސް ތިބީ.
އެމްޑީޕީގެ ގާނޫނީ ޓީމުގައި ހިމެނޭ އަހްމަދު މައުރޫފް

މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ނިޔާވި ށ. ފުނަދޫ ޒަމާނީވިލާ، އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލްގެ ޕޯސްޓްމޯޓަމް ނުހަދާ އޭނާ ވަޅުލީ ގަވައިދާ ޚިލާފަށް ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ. އަދި އޭނާ ވަޅުލީ ކުއްލި ގޮތަކަށް ބަލަން ޖެހޭ ވަރަށް ނުބަލާ ކަމަށާއި މި މައްސަލައިގައި ސަރުކާރުން ކަންތައްތަކެއް ފޮރުވާކަމަށް ތުހުމަތުކުރެވޭ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި މި މަރު ސިޔާސީ ކުރަނީ ކަމަށް ސަރުކާރުން ބުނަމުން ދަނީ އެ މަރާއި މެދު ހުރެވޭ ސުވާލު އުފެދޭ ކަންކަމަށް ޖަވާބުދާރީ ނުވެ އެ މައްސަލަ އޮއްބާލުމަށް ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި