ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 17:18
އާދިއްތަ ދުވަހު ހަވީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އާދިއްތަ ދުވަހު ހަވީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީ
އެމްޑީޕީ ޕްރެސް
ޖަމީލުގެ މަރުގެ މައްސަލައިގައި ސަރުކާރުން އަމަލު ކުރީ ގަވައިދާ ޚިލާފަށް: އެމްޑީޕީ
ޖަމީލް ވަޅުލީ ޕޯސްޓްމޯޓަމް ނުހަދާ
ޖަލުގައި އޭނާ އަށް އަނިޔާ ކުރިކަމަށް ބައެއް މީހުން ވަނީ ތުހުމަތު ކޮށްފައި
ހަގީގަތް ހާމަ ނުކޮށް ވަޅުލާތީ އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ނިޔާވި ށ. ފުނަދޫ ޒަމާނީވިލާ، އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލްގެ ޕޯސްޓްމޯޓަމް ނުހަދާ އޭނާ ވަޅުލީ ގަވައިދާ ޚިލާފަށް ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ

އާދިއްތަ ދުވަހު ހަވީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ގާނޫނީ ޓީމުގައި ހިމެނޭ އަހުމަދު މައުރޫފް ވިދާޅުވީ، ޖަލުގައި މަރުވާ މީހުންނާ މެދު އަމަލު ކުރަންޖެހޭ ގޮތް ވަރަށް ސާފުކޮށް ގައިވައިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

މައުރޫފް ވިދާޅުވީ، މި ކަމުގައި އަމަލު ކުރަން ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއު ތައް ދާޚިލީ ވަޒީރަށް އެނގިވަޑައިގަންނަވާ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

މައުރޫފް ވިދާޅުވި ގޮތުގައި މިއީ ވަޒީރު ބޭނުންފުޅު ވީމާ ފުލުހުންނަށް އަންގައިގެން ކުރަން އިޚްތިޔާރު އޮތް ކަމެއް ނޫނެވެ.

މައުރޫފް ވިދާޅުވީ، މީގެ ދެ އަހަރު ކުރިން އަމަލު ކުރަންފެށި ޖަލުގައި މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުމުގެ އުސޫލުތައް ކަނޑައަޅާ 24 މެއި 2022 ގައި އަމަލު ކުރަން ފެށި ގަވައިދުގައި ޕޯސްޓްމޯޓަމް ހަދަން ޖެހޭ 6 ހާލަތެއް ކަނޑައަޅާފައިވާ އިރު ޖަމީލު ނިޔާވި މައްސަލަ މި ގަވައިދުގައި ބުނާ ގޮތުން އެއީ ޕޯސްޓްމޯޓަމް ހަދަން ޖެހޭ ހާލަތެއްކަން ސާފުކޮށް އެނގޭ ކަމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ޖަމީލުގެ ޕޯސްޓްމޯޓަމް ނުހެދީ އާއިލާ އިން އެކަމާ ނުގަބޫލު ވުމުން ކަމަށް ބުނުމަކީ ގަވައިދުގައި އޮތް ގޮތުން ވަޒީރަށް ވިދާޅުވެވޭނެ އެއްޗެއް ނޫން ކަމަށެވެ.

"ކީއްވެތޯ އައިލާ އާ ސުވާލު ކުރަން ޖެހެނީ؟" ނާޒިލް ވިދާޅުވިއެވެ.

ގަވައިދުގައި މިހާ ސާފުކޮށް ޕޯސްޓްމޯޓަމް ހަދަން ޖެހޭ ކަން ބަޔާން ކޮށްފައި އޮއްވާ، ޖަމީލްގެ ޕޯސްޓްމޯޓަމް ނުހަދާ ވަޅު ލުމަކީ ވަޒީރުގެ އިޚްތިޔާރުގައި އޮތް ކަމެއް ނޫން ކަމެއް ކަން ތަކުރާރު ކޮށް ނާޒިލް ފާހަގަ ކުރެއްވިއެވެ.

ހުކުރު ދުވަހުގެ ރޭ ހޯމް މިނިސްޓަރ "އެކްސް" ގައި ހާމަ ކުރެއްވި ގޮތުގައި ޖަމީލުގެ މަރުގެ މައްސަލައިގައި އާއިލާ އިން ހުއްދަ ހޯދައިގެން، ޖަމީލުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށްވެސް ދާޚީލީ ވަޒީރު އިހްސާން ވިދާޅުވެފައި ވެއެވެ.

ޖަމީލް ނިޔާވި ފަހުން އިންޓަރނެޓްގައި އޭނާގެ ހަށިގަނޑު ފެންނަ ފޮޓޯ ތައް ވަނީ އާއްމު ވެފައެވެ. އެ ފޮޓޯތަކަށް ބަލާއިރު، ނިތް ކުރީގައާއި ލޯ ކައިރީގައި އަދި ނޭފަތް މަތީގައި ލޭ އަރާފައި ހުރި ކަމަށް ފެންނަ ތަންތަން ހުއްޓެވެ.

ފުލުހުން ބުނެފައިވަނީ، ޖަމީލުގެ ޕޯސްޓްމޯޓަމް ހަދަން ނިންމީ އޭނާގެ ހަށިގަނޑުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމު ވުމުން ކަމަށެވެ.

އެހެން ނަމަވެސް ޖަމީލްގެ ހަށިގަނޑުން ފެންނަ އަނިޔާގެ ނިޝާން ތަކަކަކީ މަރުވެ ގިނަ އިރު ވީމާ ވެފައިވާ ކަމެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އެކަން ނުވީ އެ ޕޯސްޓްމޯޓަމް ހަދަން އާދޭސް ކުރުމުންވެސް އާއިލާ އިން އެއްބަސް ނުވުމުން ކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.

ކަރެކްޝަންސް އިން ބުނެފައިވާ ގޮތުން ޖަމީލް އަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ކުރިކަން ފާހަގަ ކުރެވިފައިވާ މީހެކެވެ.

ޖަމީލް އާ ބެހޭ ގޮތުން އާއްމު ވެފައިވާ ބައެއް ވާހަކަ ތަކުގައި އޭނާ އަށް ޖަލުގައި އަނިޔާ ކޮށްފައިވާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

ޖަމީލް އަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ތަކެއް ކުރެވޭ އިރު، އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަ ނުކޮށް ހުކުރު ދުވަހުގެ ރޭ ދަންވަރު ޖަމީލް ވަޅުލާތީ އެތައް ބަޔަކު ވަނީ ކަންބޮޑުވާކަން ހާމަ ކޮށްފައެވެ.

އެންމެ ފަހުން ޖަމީލު ވަޅުލީ ހޮނިހިރު ދުވަހުގެ ހެދުނު ހުޅުމާލޭ ސަހަރާއަށް ދާޚިލީ ވަޒީރު އިހްސާން ވަޑައިގެން ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދަން އެންގެވުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
- ގުޅުންހުރި
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައި-އިލެކްޝަނަށް ހުޅުވާލައިފި
ޖަމީލު ނިޔާވި މައްސަލައިގައި ފުލުހުންގެ ގާނޫނާއި ފުށުއަރާ ބައިވަރު ކަންތައްތަކެއް ހިނގާފައި އެބަހުރި - ނާޒިލް
ޖަމީލުގެ މަރުގެ މައްސަލައިގައި ހިންގާނީ ވަށާޖެހޭ ތަހުގީގެއް، އިހުމާލުވެފައިވޭތޯ ބަލާނަން - ފުލުހުން
ވެރިކަން ބަދަލުވިއިރު ރާއްޖޭގެ އިގްތިސާދު ދިޔައީ ބާރަށް ކުރިއަރަމުން - އަމީރު
ޖަމީލް އަށް އަނިޔާ ކުރި ކަމަށް ގައިދީންނާއި ހަވާލާދީ ދައްކަމުންދާ ވާހަކަތައް ކަރެކްޝަންސް އިން ދޮގުކޮށްފި
ޖަމީލްގެ މަރާއި އެކު ޖަލުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް - މީގެ ފަހުން ޖަލުގައި މަރުވާ އެންމެންގެ ޕޯސްޓްމޯޓަމް ހަދާނެ
ޖަމީލްގެ ހަށިގަނޑުގައި ހުރީ ގޯނާއެއްގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ނޫން، ޑޮކްޓަރުންނަށްވެސް ބެލެވެނީ އެހެން: ފުލުހުން
ޖަމީލްގެ މަރަށް ބަލާއިރު، އޭނާއަށް އެއްވެސް ފަރާތެއްގެ ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމަށް ނުބެލެވޭ: ފުލުހުން