ކ. މާލެ
|
29 ޖޫން 2024 | ހޮނިހިރު 20:14
ރައީސް ޑރ. މުހައްމަދު ވެރިކަމަށް ވަޑައިތުމަށް ބޭނުންކުރި އިންޑިއާ އައުޓް ހަރަކާތުގެ ޓީޝާޓެއް ތުރުކުރައްވައިގެން
ރައީސް ޑރ. މުހައްމަދު ވެރިކަމަށް ވަޑައިތުމަށް ބޭނުންކުރި އިންޑިއާ އައުޓް ހަރަކާތުގެ ޓީޝާޓެއް ތުރުކުރައްވައިގެން
ސޯޝަލްމީޑިއާ
އިގްތިސާދަށް ހިޔަނި އެޅުން
އިގްތިސާދަށް ހިޔަނި އެޅުނު އެންމެ ބޮޑު ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ ބަސްމަގު - އަމީރު
ދަރަނި ދައްކާފައިވަނީ ދަރަނި ދެއްކުމުގެ ގާބިލުކަން ދެއްކުމުގެ ގޮތުން
ހިލޭއެހީއަކަށް ބަދަލުކޮށްދިނުމަށް އެއްބަސްވެފައިވާ 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ދެއްކީ ޒިންމާދާރުކަން ކުޑަކޮށް

ސަރުކާރުގެ ވެރިންގެ ބަސްމަގުގެ ސަބަބުން އިގްތިސާދަށް ހިޔަނި އެޅުނު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މާލީ ހަލާތާއި އިގްތިސާދީ ހާލަތު ދަށްވެފައިވަނީ އެމްޑީޕީގެ ސަރުކާރުން އަމަލުކުރި ގޮތުން ކަމަށް ބުނެ މި ސަރުކާރުން ދައްކަމުން އަންނަ ވާހަކަތަކުގެ ހަގީގަތް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މި ސަރުކާރުން އިންޑިއާގެ ބޮޑުވަޒީރަށް ކުޑައިމީސްކޮށް ބަސްބުނެ، ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓް ގެއްލުވާލުމަކީ އިގްތިސާދަށް ހިޔަނިއެޅިގެންދިޔަ އެންމެ ބޮޑު ސަބަބު ކަމަށެވެ.

އަމީރު ވިދާޅުވީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ބަސްމަގާއި ސިޔާސަތުގެ ސަބަބުން ހާރިޖީ ސިޔާސަތަށާއި ގުޅުމަށް ލޮޅުންއަރާފައިވާ ކަމަށެވެ. އިންޑިއާއިން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 47،000ން މަދުވެފައި ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ ސަބަބުން ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއަށް 450 މިލިއަން ރުފިޔާ ގެއްލިގެން ގޮސްފައިވޭ. އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ޖުމްލަ ގޮތެއްގައި 2300 މިލިއަން ރުފިޔާ (2.3 ބިލިއަން ރުފިޔާ) ގެއްލުންވެފައިވޭ.
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

އަމީރު ވިދާޅުވީ އިންޑިއާ ސަރުކާރުން ހިލޭއެހީއަކަށް ބަދަލުކޮށްދިނުމަށް އެއްބަސްވެފައިވާ 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ސަރުކާރުން، މިހާރު އޮތް ކޭޝްފުލޯގެ ދަތީގައި، ދައްކާފައިވަނީ ޒިންމާދާރުކަން ކުޑަކަމުން ކަމަށެވެ.

ފިނޭންސް މިނިސްޓަރު މި ފައިސާ ދައްކަމުން ވިދާޅުވެފައިވަނީ ދަރަނި ދައްކާފައިވަނީ ދަރަނި ދެއްކުމުގެ ގާބިލުކަން ދެއްކުމުގެ ގޮތުން ކަމުގައި.
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

އަމީރު ވިދާޅުވީ އޭގެ ތިން މަސް ފަހުން، މެއި މަހުގެ ތެރޭފައި މީގެ ތެރެއިން 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން އިންޑިއާ ސަރުކާރުގައި އެދުމުން އިންޑިއާ ސަރުކާރުން މުއްދަތު އިތުރުވެސްކޮށްދީފައިވާ ކަމަށެވެ. އަދި މިކަމުން ދޭހަކޮށްދެނީ ސިޔާސަތުގައި ކޮންސިސްޓެންސީއެއް ނެތްކަން ކަމަށް އަމީރު ވިދާޅުވިއެވެ.

ކޮމެންޓް
- ގުޅުންހުރި
ވައުދުވީ މަސްވެރިންނަށް ޑިއުޓީ މަޢާފުކޮށް، ލޯނު ފަސޭހަކޮށް، މިފްކޯގެ ހިއްސާ ދޭން - ލިބުނީ ލޮޓި
މިއޮތް ތައުލީމީ ޒަމާނުގައި ތިމަންނާގެ ރޯލު މޮޑެލް އަކީ އަބްދުއްރަހީމް އޭ ބުނީމާ ދެން ތިޔަ ބޭފުޅުން ތަސައްވަރު ކުރައްވާ"
ހިލޭ ކުރެވެން އޮތް 150 މިލިއަން ޑޮލަރުގެ ލޯން، އިންޑިއާއާއި ވާހަކަ ނުދައްކާނެ ކަމަށް ބުނެ މި ސަރުކާރުން 50 މިލިއަން ޑޮލަރު ދެއްކި - އަމީރު
މާލީ ހާލަތާ މެދު ޤާސިމް ދެއްކި ވާހަކަތަކަށް އަމީރުގެ ރައްދު - "އުޅެނީ ގިނައިން ދޮގު ހަދައިގެން އެއީ ތެދުކަމަށް ދައްކަން"
ގައުމިއްޔަތައް ބޮޑު ޚަރަދެއް ޑރ. މުއިއްޒުގެ ސަރުކާރުން ކޮށްފި
ވެރިކަން ބަދަލުވިއިރު ރާއްޖޭގެ އިގްތިސާދު ދިޔައީ ބާރަށް ކުރިއަރަމުން - އަމީރު
މި ސަރުކާރުން ޢަމަލުކުރީ ރިކަރަންޓް ޚަރަދު ބޮޑުތަނުން އިތުރުވާ ގޮތަށް، ދައުލަތުގެ ފުދުންތެރިކަމަށް ފަރުވާލެއް ނެތް: އަމީރު
މުއިއްޒު ވެރިކަމަށް ވަޑައިގަތީ "ދަރަނި ދައްކައިދޭނެ ފަރާތްތަކުގެ ގްރީން ސިގްނަލް އާ އެކު، އެއްވެސް ހާސް ކަމެއް ނެތި"