ކ. މާލެ
|
28 ޖޫން 2024 | ހުކުރު 19:40
ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިލް އަބްދުއް ލަތީފް ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިލް އަބްދުއް ލަތީފް ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ދައުލަތުގެ ޚަރަދުތައް ކުޑަކުރުން
ޔާސިރު ގޮވާލެއްވީ ސިޔާސީ މީހުންގެ މުސާރަކުޑަކޮށް، ކުރީގެ މެމްބަރުންނަށް ދޭ އިންޝުއަރެންސް ވެސް މިވަގުތު ކަނޑާލުމަށް
އިދިކޮޅު ފަރާތްތަކުން އައީ މި ސަރުކާރުން އިޤްތިސާދަށް ދޭން ޖެހޭ ސަމާލުކަން ނުދޭތީ އެކަމާއި ދެކޮޅަށް ވަކާލާތުކުރަމުން
ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް ސަރުކާރުން ބުނޭ

އިގްތިސާދީ ގޮތުން ޚަރަދުކުޑަ ކުރުމަށް ސިޔާސީ މީހުންގެ މުސާރަކުޑަކޮށް، ކުރީގެ މެމްބަރުންނަށް ދޭ އިންޝުއަރެންސް ވެސް މިވަގުތު ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިލް އަބްދުއް ލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޔާސިރު ވަނީ ދައުލަތުގެ ޚަރަދު ކުޑަކުރަން ގިނަ ފިޔަވަޅު ތަކެއް އަޅުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ އިރު މިހާރު އެ ވާހަކަތައް ދައްކަމުން ދަނީ އިގްތިސާދު ދަމަހައްޓަން އެ ނޫން ގޮތެއް ނެތްކަން ޔަޤީންވުމުން ކަމަށް ޔާސިރު ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އައީ މި ސަރުކާރުން އިޤްތިސާދަށް ދޭން ޖެހޭ ސަމާލުކަން ނުދޭތީ އެކަމާއި ދެކޮޅަށް ވަކާލާތުކުރަމުން ކަމަށް ޔާސިރު ވިދާޅުވިއެވެ. އަދި ޚަރަދުތައް ކުޑަ ކުރާ ނަމަ އެކަން ފަށަން ވާނީ ސިޔާސީ މީހުންނާއި ހަމައިން ކަމަށް ޔާސިރު ވިދާޅުވިއެވެ. މި ވަގުތު ރައްޔިތުންނަށް ނުލިބޭ އިންޝުއަރެންސް އެއް އިނާޔަތެއް ކުރީގެ މެމްބަރުންނަށް ވެސް ލިބެން ޖެހޭ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ޔާސިރު ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރަށް އިގްތިސާދު ދަމަހައްޓަން ރަނގަޅު ނިންމުންތަކެއް ނިންމަން ނޭނގުނު ކަމަށް ޔާސިރު ވިދާޅުވިއެވެ. މިއަދު ފެންނަނީ އެކަމުގެ ނަތީޖާ ކަމަށާއި ރާއްޖޭގެ އިގްތިސާދު ދަށް ވަނީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ބުނުމުގެ ފުރުސަތު ނެތް ކަމަށް ޔާސިރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަކީ ވަރަށް ބޮޑު ދަތިކަމަކަށް ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ތަކުރާރުކޮށް ވިދާޅުވީ ޓެކްސް ބޮޑު ނުކުރާނެ ކަމަށް. އާމްދަނީ އިތުރުކުރުމަށް ވެސް އެކަން ނުކުރައްވާނެ ކަމަށް. ލޯނުތައް ދެއްކޭނެ ގޮތް އެބަ އޮތް ކަމަށް ބުނަމުން އައީ. ތިމަންނަ މެންނަށް އެކަން ކުރަން އެނގޭ ކަަމަށް ބުނެގެން އައީ ވެރިކަމަށް. އެކަމަކު އާމްދަނީ އަށް ވުރެ ގިނައިން ޚަރަދު ކުރަނީ. އެއީ ވެގެން އުޅޭ ގޮތަކީ. މި އަހަރު ޓެކްސް އިތުރުކުރަން ޖެހޭ އެއްވެސް ސަބަބެއް ހަމަ ނެތް. އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތަކީ. މި ބޭފުޅުން އެހެން މަންޒަރުތަކެއް ދައްކަން އުޅުމުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ.
މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިލް އަބްދުއް ލަތީފް

ސަރުކާރުން ޚަރަދުކުޑަކުރަން ނިންމާފައިވާ ކަންކަން ހާމަކުރައްވަމުން ރައީސް މުއިއްޒު ވަނީ ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަށް ނިންމާފައިވާ ކަަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޚަރަދު ކުޑަކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާނެ ކަަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
މާލީ ހާލަތާއި ގުޅުވައި އެންމެ އާދައިގެ ރައްޔިތު މީހާ ހަމައިން ފިޔަވަޅު އަޅާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
ގައުމަށް ލިބޭ ލާރިން ގައުމު ހިންގާނެކަމަށް ވިދާޅުވެ ވަޑައިގެންނެވި ބޭފުޅުން ގައުމުގެ ދުވަސް ދުއްވާލައިފި - ފަލާހު
އެސްޑީއެފް އަށް ވަކި ޤާނޫނެއް ހެދުމަކީ ރައީސް މުއިއްޒުގެ ތަސައްވުރެއް ނޫން، އެ މަސައްކަތް ފުރަތަމަ ފެށީ އެމްޑީޕީން : މައުރޫފް
ހިލޭ ކުރެވެން އޮތް 150 މިލިއަން ޑޮލަރުގެ ލޯން، އިންޑިއާއާއި ވާހަކަ ނުދައްކާނެ ކަމަށް ބުނެ މި ސަރުކާރުން 50 މިލިއަން ޑޮލަރު ދެއްކި - އަމީރު
މާލީ ހާލަތާ މެދު ޤާސިމް ދެއްކި ވާހަކަތަކަށް އަމީރުގެ ރައްދު - "އުޅެނީ ގިނައިން ދޮގު ހަދައިގެން އެއީ ތެދުކަމަށް ދައްކަން"
އިގްތިސާދަށް ހިޔަނި އެޅުނު އެންމެ ބޮޑު ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ ބަސްމަގު - އަމީރު
ވެރިކަން ބަދަލުވިއިރު ރާއްޖޭގެ އިގްތިސާދު ދިޔައީ ބާރަށް ކުރިއަރަމުން - އަމީރު
މި ސަރުކާރުން ޢަމަލުކުރީ ރިކަރަންޓް ޚަރަދު ބޮޑުތަނުން އިތުރުވާ ގޮތަށް، ދައުލަތުގެ ފުދުންތެރިކަމަށް ފަރުވާލެއް ނެތް: އަމީރު