ކ. މާލެ
|
27 ޖޫން 2024 | ބުރާސްފަތި 14:18
އިޒްރޭލުގެ ބިންމަތީގެ ފައުޖުތަކުން ގެންދަނީ ރަފަހް ގައި އިންތިޒާމެއްގެ ދަށުން ފަލަސްތީނު ރައްޔިތުންގެ ގެދޮރު ނައްތާލުމުގެ މަސައްކަތް ކުރަމުން
އިޒްރޭލުގެ ބިންމަތީގެ ފައުޖުތަކުން ގެންދަނީ ރަފަހް ގައި އިންތިޒާމެއްގެ ދަށުން ފަލަސްތީނު ރައްޔިތުންގެ ގެދޮރު ނައްތާލުމުގެ މަސައްކަތް ކުރަމުން
އާރްއެފްއައި
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ފަލަސްތީނުން ގެއްލިގެން ހޯދާ ކުދިންގެ ތެރެއިން އެތައް ހާސް ކުދިން އިމާރާތްތަކުގެ ދަށުވެފައިވާ ކަމަށް ޔުނިސެފުން ބުނެފި
ފާއިތުވި 24 ގަޑިއިރުވެސް އިޒްރޭލުގެ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމް ވެއްޖެއެވެ.

އިޒްރޭލުން ވައިގެ މަގުންނާއި އެއްގަމުން ފަލަސްތީނުގެ ގާޒާގެ އުތުރާއި ދެކުނު އަދި މެދުތެރޭގެ ސަރަހައްދުތަކަށް ފާއިތުވި 24 ގަޑީއިރު ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެވެއްޖެއެވެ.

ކޮންމެ ދުވަހަކު އެތައް ބަޔަކު ޒަޚަމްވެގެން ހޮސްޕިޓަލްތަކަށް ގެނެވޭ އިރު އެތަންތާނގެ ހާލަތު ދައްވެ، ޒަޚަމްވެގެން ގެންނަ މީހުންނަށް ދެވޭނެ އިތުރު ފަރުވާއެއް ނޯންނަ ކަމަށް ގާޒާގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން އަންނަނީ ބުނަމުންނެވެ.

އެންމެ ގިނައިން ޒަޚަމްވާ މީހުން ގެނެވޭ އެއް ހޮސްޕިޓަލް ކަމުގައިވާ ދާރުލް ބަލާހް ގައި ހުންނަ އަލް އަގްސާ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އޮފިޝަލަކާ ހަވާލާ ދީ އަލްޖަޒީރާ އިން ބުނީ އެތަނުގެ ހާލަތު ދުވަހެއް ދުވަހެއް ދަށްވަމުން ގޮސް ފަރުވާ ދިނުމަށް ބޭނުންވާ ހޭނައްތާ މެޝިން ފަދަ މުހިންމު މެޝިންތަކާ އިކުއިޕްމެންޓް ތައް ވެސް ހުރީ ހަލާކުވެފައި ކަމަށެވެ.

އަލްޖަޒީރާގެ ނޫސްވެރިން ބުނަނީ، އިޒްރޭލުގެ ބިންމަތީގެ ފައުޖުތަކުން ގެންދަނީ ރަފަހް ގައި އިންތިޒާމެއްގެ ދަށުން ފަލަސްތީނު ރައްޔިތުންގެ ގެދޮރު ނައްތާލުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އަނެއްކޮޅުން އދ. ގެ ސަލާމަތީ މަޖިލީހަށް ގާޒާ ގެ ހާލަތާ ބެހޭ މައުލޫމާތު ދެމުން ޔުނިސެފްގެ ވެރިޔާގެ ނައިބު ވިދާޅުވީ ފަލަސްތީނުން ވީ ނުވީއެއް ނޭގި ގެއްލިފައިވާ ކުދިންގެ ތެރެއިން އެތައް ހާސް ކުދިންނެއް އިޒްރޭލުގެ ހަމަލާތަކުގައި ފުނޑުފުނޑުވި އިމާރާތްތަކުގެ ދަށުވެފައިވާ ކަމަށް ބެލޭ ކަމަށެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް އެމެރިކާ އަށް ކުރެއްވި ދަތުރަށް ފަހު ވިދާޅުވީ، އެމެރިކާ އިން އިޒްރޭލަށް އިތުރު ހަތިޔާރު ފޯރުކޮށްދިނުމުގައި އެމެރިކާގެ އެހީތެރިކަން ހޯދުމަށް ކުރެވުނު މަސައްކަތްތަކަށް ފާހަގަ ކުރެވޭ ވަރުގެ ކުރިއެރުން ލިބުނު ކަމުގައެވެ.

އޮކްޓޯބަރު މަހުގެ 7 ން ފެށިގެން އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 37،718 މީހުން ވަނީ މަރުވެ، 86،377 މީހުން ވަނީ ޒަޚަމް ވެފައެވެ. ފަލަސްތީނުގެ ގާޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާގައި މަރުވެފައިވަނީ 1،139 މީޙުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް