ކ. މާލެ
|
26 ޖޫން 2024 | ބުދަ 20:54
ލިވިންގ އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެެރެއިން
ލިވިންގ އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެެރެއިން
ރާއްޖެއެމްވީ
މޯލްޑިވްސް ލިވިންގ އެކްސްޕޯ
ލިވިންގ އެކްސްޕޯގެ 12 ވަނަ އެޑިޝަންގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ސޮއިކޮށްފި
ލިވިންގ އެކްސްޕޯގެ މިއަހަރުގެ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓު މަހުގެ 8ން 10ށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ.

މޯލްޑިވްސް ލިވިންގ އެކްސްޕޯގެ 12 ވަނަ އެޑިޝަންގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ.

އެކަމަށްޓަކައި އަންގާރަ ދުވަހު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެގޮތުން މިއަހަރުގެ އެޑިޝަންގެ މައިގަނޑު ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ވަނީ ސޮއިކޮށްފައެވެ.

މި އެކްސްޕޯގެ މެއިން ސްޕޮންސަރ އަކީ މޯހަން މުތާ އެކްސްޕޯޓްސް އެވެ. ކޯ ސްޕޮންސަރ އަކީ ޓާޓާ ހައުސިންގ އާއި ބޭ ފެންސީއެވެ. ކޭޓަރިންގ ޕާޓްނަރަކީ ސޯސްޑް އަޕް ބައި ލޫސީސްއެވެ. ބެވަރެޖް ޕާޓްނަރަކީ ކޮކާކޯލާއެވެ.

މި ނޫނަސް އިތުރު ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ވަނީ ސޮއިކޮށްފައެވެ.

ލިވިންގ އެކްސްޕޯގެ މިއަހަރުގެ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓު މަހުގެ 8ން 10ށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ.

- ކޮމެންޓް