ކ. މާލެ
|
26 ޖޫން 2024 | ބުދަ 10:28
ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރ އިބްރާހިމް މުޙައްމަދު ސާލިޙު
ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރ އިބްރާހިމް މުޙައްމަދު ސާލިޙު
ރާއްޖެއެމްވީ
ކުރީގެ ރައީސް ސާލިޙު
މޫނަށް ކަނދުރާއަށް ނުބަލައި ކޮރަޕްޝަންގެ ތުހުމަތުތައް ބައްލަވާ، ދައުލަތުގެ ބައި ލާރިއެއްގައިވެސް ނުޖެހެން: ރައީސް ސާލިޙު
ރައީސް ސާލިޙު ވިދާޅުވީ، އެމަނިކުފާނު ނުޙައްޤުން ބައި ލާރިއެއްވެސް ނަންގަވާފައި ނުވާނެ ކަމަށް
މައްސަލަ ބަލާނެކަމުގެ އިންޒާރުތަކާމެދު އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތް
ސަރުކާރުން ގެންދަނީ ނިމިދިޔަ ވެރިކަމާ ގުޅުވައި ކޮރަޕްޝަންގެ ތުހުމަތުކޮށް، އެ މައްސަލަތައް ބަލާނެކަމަށް ބުނަމުން

މޫނަށް ކަނދުރާއަށް ނުބަލައި ކޮރަޕްޝަންގެ ތުހުމަތުތައް ބެއްލެވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ދައުލަތުގެ ބައި ލާރިއެއްގައިވެސް ޖެހިވަޑައިގެންފައި ނުވާނެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

މިއަދުގެ ސަރުކާރުން ގެންދަނީ ނިމިދިޔަ ވެރިކަމާ ގުޅުވައި ކޮރަޕްޝަންގެ ތުހުމަތުކޮށް، އެ މައްސަލަތައް ބަލާނެކަމަށް ބުނަމުންނެވެ.

އެކަމާ ގުޅޭގޮތުން ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ، އެމަނިކުފާނުގެ އެދިވަޑައިގަތުމަކީވެސް "މޫނަށް ކަނދުރާއަށް" ބެއްލެވުމެއް ނެތި މައްސަލަތައް ބެއްލެވުން ކަމަށެވެ.

މައްސަލަ ބަލާނެކަމުގެ އިންޒާރުތަކާމެދު އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތްކަން ފާހަގަ ކުރައްވައި ރައީސް ސާލިޙު ވިދާޅުވީ، އެމަނިކުފާނު ނުޙައްޤުން ބައި ލާރިއެއްވެސް ނަންގަވާފައި ނުވާނެ ކަމަށެވެ.

އަދި އެމަނިކުފާނުގެ ސަރުކާރާމެދުވެސް އެ ޔަޤީންކަން އޮތްކަން ރައީސް ސާލިޙު ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑުމެން އެއްވެސް ވަރަކަށް ކަންބޮޑުވުމެއް ނެތް އިނގޭތޯ، އަޅުގަނޑު ނޯންނާނެ ބައި ލާރިއެއްގައިވެސް، ބައި ސެންޓުގައި ޖެހިފައެއްވެސް، ބައްލަވަންވީ، ބައްލަވާފައި ކަމެއް އޮވެއްޖެއްޔާ ކުރިއަށް ގެންދަވަންވީ، އަޅުގަނޑަށް ހަމަ ޔަގީން އިރާދު ކުރެއްވިއްޔާ އަޅުގަނޑުގެ، އަޅުގަނޑެއް ނޫން އަޅުގަނޑުގެ ސަރުކާރުގެވެސް އެ ތިއްބެވި ބޭފުޅުން ގެ އެފަދަ ކަމެއް ނުފެންނާނެ، ކޮށްފައެއް ނޯންނާނެ އަޅުގަނޑުމެންނެއް، އެހެންނަމަ މިހެނެއް ނޫން އަޅުގަނޑުމެން ތިބޭނީ ވެރިކަމުން ފައިބައިގެން، މޫނަކަށް ކަނދުރާއަކަށްވެސް ބައްލަވާނެ ކަމެއް ނެތް.

ރައީސް އެހެން ވިދާޅުވެފައިވާއިރު، ނިމިދިޔަ ސަރުކާރުގައި ފެނަކައިގައި ހިންގާފައިވާކަމަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ބުދަ ދުވަހުގެ މަޖިލިސް ޖަލްސާއަށް ކުއްލި މައްސަލައެއްވެސް ހުށަހަޅައި ބަހުސް ކޮށްފައިވެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް