ކ. މާލެ
|
26 ޖޫން 2024 | ބުދަ 07:24
ފުވައްމުލަކުގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނަށް ހުރަސް އަޅައި މާރާމާރީ ހިންގަނީ
ފުވައްމުލަކުގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނަށް ހުރަސް އަޅައި މާރާމާރީ ހިންގަނީ
އެމްވީކްރައިސިސް
ޑްރަގް އޮޕަރޭޝަން
ޑްރަގް އޮޕަރޭޝަނަކަށް ހުރަސް އެޅި ބަޔަކު ހައްޔަރުކޮށްފި
ޑްރަގް އޮޕަރޭޝަނަކަށް ބަޔަކު ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައިވޭ
މި މައްސަލަ އާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފައިވޭ

ފުވައްމުލަކު ސިޓީގައި ހިންގި ޑްރަގް އޮޕަރޭޝަނަކަށް ހުރަސްއެޅި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އަންގާރަ ދުވަހުގެރޭ ފުވައްމުލަކު ސިޓީ ދޫޑިގަމުގައި ފުލުހުން ހިންގަމުން ދިޔަ ޑްރަގް އޮޕަރޭޝަނަކަށް ބަޔަކު ހުރަސްއަޅައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަނާއި ގުޅިގެން މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުގެ ތެރޭގައި އެތަނަށް އިތުރު ބަޔަކު އައިސް ފުލުހުންނާއި ކުރިމަތިލައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށެވެ.

އަދި މި ކުރިމަތިލުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިކަމާއި ގުޅިގެން 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
0%
0%
0%
0%
0%
0%
ކޮމެންޓް