ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 10:45
ޤައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ)
ޤައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ)
މިހާރު
މުޙައްމަދު އާރިފް (ބަކާ)
ޙާލު ދެރަވެެ، ބާކާ އަށް އައިސީޔޫގައި ފަރުވާ ދެނީ
ޙައްޖުގެ އަޅުަކަން އަދާ ކުރުމަށްފަހު އެނބުރި ރާއްޖެ އައި ފަހުން، ބަކާ ހުން ގަދަވެގެން ހޮސްޕިޓަލަށް ގެންދިޔަ.

ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ކުރިން ކުޅެފައިވާ ތަޖުރިބާކާރު މިޑްފީލްޑަރު، މުޙައްމަދު އާރިފް (ބަކާ)ގެ ޙާލު ދެރަވެ، އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 38 އަހަރުގެ ކުޅުންތެރިޔާ އަށް އައިސީޔޫގައި ފަރުވާ ދޭން ފެށީ، ކުއްލި އަކަށް ޙާލު ދެރަވެގެންނެވެ. އެގޮތުން ޙައްޖުގެ އަޅުަކަން އަދާ ކުރުމަށްފަހު އެނބުރި ރާއްޖެ އައި ފަހުން، ބަކާ ހުން ގަދަވެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ. މިހާރު ބަކާ އަށް ފަރުވާ ދެމުން އަންނަނީ އޭޑިކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ކުއްލި އަކަށް ޙާލު ދެރަވެ ބަކާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، ގިނަ ބަޔަކު އަންނަނީ ބަކާ އަށް ހެޔޮ ދުޢާ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ކޯޗުންނާއި، ކުޅުންތެރިން އަދި ފުޓުބޯޅަ އާއިލާގެ އެހެނިހެން ފަރާތްތަކުން ވެސް އަންނަނީ ބަކާ އަށް ހެޔޮ ދުޢާ ކުރަމުންނެވެ.

ބަކާ ވަނީ ރާއްޖޭގެ ޤައުމީ ޓީމުގެ އިތުރުން، ގިނަ ކުލަބުތަކަށް ވެސް ކުޅެފަ އެވެ. ރާއްޖެ އިން 2008 ވަނަ އަހަރުގެ ސަރަހައްދީ ފުޓުބޯޅަ މުބާރާތް (ސާފް ޗެމްޕިއަންޝިޕް) ކާމިޔާބު ކުރި ޓީމުގައި ވެސް ބަކާ ހިމެނެ އެވެ. އެ މުބާރާތުގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި ބަކާ ވަނީ މުހިންމު ދައުރެއް ވެސް އަދާ ކޮށްފަ އެވެ.

ބަކާ ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އިތުރުން، ކުލަބު ވެލެންސިއާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކުލަބު ވިކްޓަރީ، ކުލަބު އީގަލްސް، ކުލަބު ގްރީން ސްޓްރީޓްސް ފަދަ ކުލަބުތަކަށް ވެސް ކުޅެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް