ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 19:13
އޭޝިއަން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕަށް ފުރި ރާއްޖޭގެ އަންހެން ވޮލީ ޓީމު
އޭޝިއަން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕަށް ފުރި ރާއްޖޭގެ އަންހެން ވޮލީ ޓީމު
ވީއޭއެމް
ވިމެންސް ވޮލީބޯލް ޗެމްޕިއަންޝި
އޭޝިއަން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ
ތައިލޭންޑް އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން
ޗައިނީސް ޓައިޕޭ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން

19 ވަނަ އޭޝިއަން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ވޮލީ ޓީމް ގްރޫޕް ސްޓޭޖްގައި ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.

ފިލިޕީންސްގެ މެނީލާގައި ކުރިއަށްދާ މިމުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވީ ބުދަ ދުވަހު ތައިލޭންޑާ ދެކޮޅަށް ކުޅެ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ތައިލެންޑް ޓީމުން ގެންދިޔައީ 5-25، 12-25 އަދި 9-25 އިންނެވެ.

ބުރާސްފަތި ދުވަހު ރާއްޖެއިން ކުޅުނު ދެވަނަ މެޗުން ބަލިވީ ޗައިނީސް ޓައިޕޭއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ޗައިނީސް ޓައިޕޭ އިން ގެންދިޔައީ 9-25، 8-25 އަދި 10-25 އިންނެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ތިން ވަަނަ މެޗުގައި ހުކުރު ދުވަހު ނިކުންނާނީ އިރާނާ ދެކޮޅަށެވެ. ޕިލިޕީންސްގައި މި މަހުގެ 9 އިން 17 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖe އާއި އެއް ގުރޫޕެއްގައި ލައްވައިލާފައި ވަނީ، އީރާނާއި، ޗައިނީސް ތައިޕޭގެ އިތުރުން، ތައިލޭންޑެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު ރޭންކިންގެ މެޗުތަކެއް ވެސް ކުޅުމަށް ވަނީ ހަމަޖހިފައެވެ

- ކޮމެންޓް