ބްރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ފްރާންސްގެ ޒުވާން ފޯވާޑް އޮސްމާނޭ ޑެމްބެލޭ ބާސެލޯނާއަށް ދޫކުރެވޭނީ 135 މިލިއަން ޕައުންޑްގެ އަގަކަށް ކަމަށް، ޑޯޓްމަންޑުން ބުނެފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ޑޯޓްމަންޑުގެ ރަސްމީ ވެބްސައިޓުގައި ސާއިއު ކޮށްފައިވާ ރިޕޯޓެއްގައެވެ. މި ރިޕޯޓްގައި ވާގޮތުން 135 މިލިއަން ޕައުންޑަށް ވުރެ ކުޑަކޮށް ޑެމްބެލޭ ބާސާއަށް ދޫކުރެވެން ނެއްކަމަށް ވަނީ ހާކަމޮށްފައެވެ.
ޑޯޓްމަޏްޑުން ބުނެފައި ވަނީ ޑެމްބެލޭއަކީ ޑޯޓްމަންޑަށް ވަރަށް ބޭނުންތެރި އެހާމެ މުހިންމު ކުޅުންތެރިއެއް ކަމަށާއި އޭނާ އެއްވެސް ކުލަބަކަށް ވިއްކަން ބޭނުންނު ވާކަމަށެވެ.
ޑޯޓްމަންޑުން މިހެން ބުނި ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ބާސާއިން އެ އަގުގައި ޑެމްބެލޭ ނުގަންނާނެއެވެ. އެހެން ނަމަވެސް އެޓީމުން 90.2 މިލިއަން ޕައުންޑަށް ޑެމްބެލޭ ގަނެފާނެކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.
ބާސެލޯނާއިން މިކަމާ ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު ރިޕޯޓްތައް ބުނާގޮތުން ޑެމްބެލޭ ހޯދުމަށް ބާސާއިން ހުށަހަޅަން ތައްޔާރު ވަމުންދަނީ 90.2 މިލިއަން ޕައުންޑްގެ ބިޑެކެވެ. ނަމަވެސް 135 މިލިއަން ޕައުންޑުގެ އަގަކަށް ނޫނީ ޑޯޓްމަންޑުން ގަބޫލް ނުކުރާނެ ކަމަށް ރިޕޯޓްގައިވެއެވެ.
ޑޯޓްމަންޑުން ޑެމްބެލޭ ދޫކުރަން ބޭނުން ނުވިނަމަވެސް ރިޕޯޓްތައް ބުނާގޮތުން ޑެމްބެލޭ ބޭނުންވަނީ ބާސާއަށް ބަދަލުވާށެވެ. އެގޮތުން ބާސާގެ އިސްވެރިންގެ ޓީމެއް ޑޯޓްމަންޑާއެކު މަޝްވަރާކުރުމަށް ޖަރުމަނުވިލާތަށް، މިހާރު ވަނީ ގޮސްފައެވެ. މި މަޝަވަރާތަކުގައި ދެފަރާތުން އެއްބަސްވުކަމަށް އާދެވިފައި ނުވިނަމަވެސް ޑެމްބެލޭ ހުރީ ބާސާއަށް ބަދަލުވާން ތައްޔާރަށް ކަމަށް ބާސެލޯނާގެ މަޝްވަރާ ޓީމުން ވަނީ ބުނެފައި ކަމަށް މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ.
ޑޯޓްމަންޑްގެ ކުރީގައި މުހިއްމު ދައުރެއް، އަދާކުރަމުން އަންނަ ޑެމްބެލޭ ހޯދުމަށް ބާސާއިން މަސައްކަތް ފަށާފައިވަނީ އެ ކްލަބުގެ ކުރީގައި މުހިއްމު ދައުރެއް އަދާކުރަމުން އައި ފޯވާޑް ނޭމާ އެ ކްލަބް ދޫކޮށް ރެކޯޑް ފީއަކަށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވުމާ ގުޅިގެންނެވެ.
ޑެމްބެލޭގެ އިތުރުން ދެން ބާސާއިން މަސައްކަތް ކުރަމުން އަންނަނީ ލިވަޕޫލްއަށް ކުޅެމުން އަންނަ، ފިލިއްޕޭ ކުޓީނިއޯ ހޯދުމަށެވެ. އަދި މިމަސައްކަތް ބާސެލޯނާއަށް ކާމިޔާބު ނުވާއިރު އިތުރު ކުޅުްނެތެރިން ވެސް ހޯދުމަށް ބާސެލޯނާއިން ދަނީ މަސައްކަތް ކުރަމުންނެވެ.