Advertisement
ކ. މާލެ
|
21 ޖޫން 2024 | ހުކުރު 14:01
ހދ. ނޮޅިވަރަމް - މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް
ހދ. ނޮޅިވަރަމް - މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް
ގޫގުލް
އެކްސިޑެންޓެއް ވުން
ނޮޅިވަރަމުގައި ސައިކަލާއެކު މޫދަށް ވެއްޓުނުު ޒުވާނާ މަރުވެއްޖެ
ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް

ހދ. ނޮޅިވަރަމްގައި ދުއްވާފައި ދިޔަ ސައިކަލާއެކު މޫދަށް ވެއްޓުނު ޒުވާނަކު މަަރުވެއްޖެއެވެ.

އެކަމާއި ގުޅޭ މައުލޫމާހިއްސާކުރަމުން ފުލުހުން ބުނެފައި ވަނީ އޭނާ ސައިކަލާއެކު މޫދަށް ވެއްޓިގެން އެ ރަށު ހެލްތް ސެންޓަރުގައި ފަރުވާ ދޭން ފެށި ކަމުގެ މައުލޫމާތު ފުލުހުންނަށް ހިއްސާކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 21:15 ހާއިރު ކަމަށެވެ.

ނޮޅިވަރަމްގެ ހެލްތް ސެންޓަރުގައި އެ މީހާއަށް ފަރުވާ ދެނިކޮށް އޭނާ ނިޔާވީ ބުރާސްފަތި ދުވަހުގެ ރޭ ކަމަށް ނޮޅިވަރަމް ސިއްހީ މަރުކަޒާ ހަވާލާ ދީ ފުލުހުން ވަނީ ބުނެފައެވެ.

Advertisement

ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް