ކ. މާލެ
|
20 ޖޫން 2024 | ބުރާސްފަތި 08:20
ލައިޕްޒިގްގެ އެއްބަސްވުން ރޯސް އައު ކުރަނީ
ލައިޕްޒިގްގެ އެއްބަސްވުން ރޯސް އައު ކުރަނީ
ޓްވިޓަރ
އާރްބީ ލައިޕްޒިގް
ލައިޕްޒިގްގެ އެއްބަސްވުން ރޯސް އައު ކޮށްފި
ލައިޕްޒިގާާ އެކު ރޯސް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް.

ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް އިރުޝާދު ދެމުން އަންނަ މާކޯ ރޯސް، އެ ކުލަބާއެކު ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކޮށްފި އެވެ.

އުމުރުން 47 އަހަރުގެ ރޯސް، ލައިޕްޒިގްގެ ކޯޗުކަމާ ހަވާލުވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުލަބުގެ އެއްބަސްވުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އައު ކޮށްފަ އެވެ.

ނަމަވެސް، ލައިޕްޒިގުން ވަނީ ދެ ވަނަ ފަހަރަށް ރޯސްގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެ ކުލަބާއެކު ރޯސް ސޮއި ކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން، މިހާރު ލައިޕްޒިގާާ އެކު ރޯސް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ރޯސްގެ އިރުޝާދުގެ ދަށުން ލައިޕްޒިގުން ވަނީ މިހާތަނަށް ޖުމުލަ 89 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 56 މެޗުން މޮޅުވެފަ އެވެ. 19 މެޗުން ބަލިވެފައިވާއިރު، 14 މެޗު ވަނީ އެއްވަރުވެފަ އެވެ. މީގެ އިތުރުން ރޯސްގެ އިރުޝާދުގެ ދަށުން ލައިޕްޒިގުން ވަނީ ޖަރުމަނު ކަޕް އަދި ޖަރުމަނު ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.

ޖަރުމަނުގެ މައިންޒްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި 2010 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ރޯސް ވަނީ، ލޮކޮމޯޓިވް ލައިޕްޒިގް، ރެޑްބުލް ސަލްޒްބާގް، ބޮރޫސިއާ މޮންޗެންގްލަޑްބެކް އަދި ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް އިރުޝާދު ދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް