Advertisement
ކ. މާލެ
|
18 ޖޫން 2024 | އަންގާރަ 20:26
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އެންޑް ހެޑް އޮފް މެރިން ޕޮލިސް އިބްރާހިމް އަދުނާން އަނީސް
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އެންޑް ހެޑް އޮފް މެރިން ޕޮލިސް އިބްރާހިމް އަދުނާން އަނީސް
ރާއްޖެއެމްވީ
ވޯޓަރ ސްޕޯޓްސް އުޅަނދުތައް ރައްކާތެރިކަމަށް ނުބެލު
ވޯޓަރ ސްޕޯޓްސް އަށް ގެންގުޅޭ އުޅަނދުފަހަރު ގެންގުޅުމުގައި ދޭންވާ ސަމާލުކަން ނުދޭ މައްސަލަތައް ފާހަގަކުރެވޭ - ފުލުހުން
މޫދު ކުޅިވަރުގެ ހަރަކާތްތައް ވެސް އިންތިޒާމް ކުރަން ވާނީ އެންމެންގެ ސަލާމަތަށް ބަލައިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފަ
ވޯޓަރ ސްޕޯޓްސް އުޅަނދުތައް ގިނަ އަދަދަކަށް ގެންގުޅޭ އިރު އެފަދަ ކަންކަން ކުރުމަކީ އެއީ އެންމެންގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަަމަށް އޭނާ ވިދާޅުވި

ވޯޓަރ ސްޕޯޓްސް އަށް ގެންގުޅޭ އުޅަނދުފަހަރު ގެންގުޅުމުގައި ދޭންވާ ސަމާލުކަން ނުދޭ މައްސަލަތައް ފާހަގަކުރެވޭކަމަށް ފުލުހުން ބުނެފިއެވެ.

Advertisement

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އެންޑް ހެޑް އޮފް މެރިން ޕޮލިސް އިބްރާހިމް އަދުނާން އަނީސް ވިދާޅުވީ ބައެއް މީހުން ވޯޓަރ ސްޕޯޓްސް އަށް ގެންގުޅޭ އުޅަނދުފަހަރު ދުއްވާއިރު ވަރަށް ޢައިރު ޒިންމާދާރު އަމަލުތައް ހިންގާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ފަޅުން ބޭރަށް އުޅަނދުގައި ނުކުތުމާއި މޫދުގައި ތިބޭ އެހެން މީހުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް އުޅަނދުތައް ދުއްވާކަން ފާހަގަކުރެވޭ ކަމަށް އަދުނާން ވިދާޅުވިއެވެ. އެފަދަ ކަންކަމުގެ ސަބަބުން ވަރަށް ފަސޭހައިން ސަލާމަތަށް ނުރައްކާވެދާނެކަމަށާއި، ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ކުރިން އެފަދަ ކަންކަމަށް އެކަށީގެންވާ ސަމާލުކަމެއް ދިނުން މުހިއްމު ކަމަށް އަދުނާން ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް އުޅަނދު ދުއްވަން ދިނުން ފަދަ ނުރައްކާތެރިކަންކަން ކުރަމުންދާ ކަމަށާއި އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަަމަށް އޭނާ ވިދާޅުވިއެވެ. މޫދު ކުޅިވަރުގެ ހަރަކާތްތައް ވެސް އިންތިޒާމްކުރަން ވާނީ އެންމެންގެ ސަލާމަތަށް ބަލައިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ވޯޓަރ ސްޕޯޓްސް އުޅަނދުތައް ގިނަ އަދަދަކަށް ގެންގުޅޭ އިރު އެފަދަ ކަންކަން ކުރުމަކީ އެއީ އެންމެންގެ ސަލާމަތަށް އޮތް ނުރައްކަލެއްކަަމަށް އޭނާ ވިދާޅުވިއެވެ.

ޓްރެފިކް ޑެންސިޓީ ހައި ދިމަދިމާލުގައި، ނުރައްކާތެރި ކަމެއް ވެދާނެ. ރާޅު އޮތް ނަމަ ވިއްސައިގެން ގޮސް ޖެހޭ ގޮތަކުން އަނިޔާ ވެދާނެ. އިންޖީނު ނިވޭ ނިޒާމެއް އިންނާނެ ޖެޓްސްކީގަ، އެ ވާގަޑުވެސް ގިނަ ފަހަރު ނާޅުވާ. ފަޅުތެރޭގައި ޖެޓްސްކީ ގެންގުޅޭ އިރު އެއީ ހަމައެކަނި ޖެޓްސްކީ ދުއްވާ ތަނެއް ނޫން. ހުޅުމާލޭ އިރުމަތީ ފަރާތުގަވެސް ފަތަން ފައިބާ ތަންތަން އެބަ ހުރި. އެތާގަ ފަތަފަތާ ތިއްބާ ޖެޓްސްކީ އެންމެ ބާރު މިނުގައި އެބަ އާދޭ. ކޮންޓްރޯލުން ނެއްޓި ހާދިސާއެއް ހިނގާފާނެ. މިކަންކަމަށް ސަމާލުކަން ދޭން ޖެހޭ. ކެނޯގަ ވެސް ފަޅުން ބޭރަށް އެބަ ދޭ. ފަޅުތެރެއަށް އަލުން ނުވަދެވިގެން އެބަ އުޅޭ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އެންޑް ހެޑް އޮފް މެރިން ޕޮލިސް އިބްރާހިމް އަދުނާން އަނީސް

ވޯޓަރ ސްޕޯޓްސް އުޅަނދުތައް ދުއްވުމުގައި ގަވާއިދާއި ހިލާފުވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ ފާހަގަކޮށްފައެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގަ ވެސް އެފަދަ މައްސަލަތައް ފެންމަތިވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް