ކ. މާލެ
|
18 ޖޫން 2024 | އަންގާރަ 15:43
ޒަމާންވީ ދިވެހިވަންތަ ސަޤާފަތްތަކާއި ރަހަތަކުގެ ކުލަވަރު ކަމަދޫއިން ދަނީ ދައްކުވައިދެމުން
ޒަމާންވީ ދިވެހިވަންތަ ސަޤާފަތްތަކާއި ރަހަތަކުގެ ކުލަވަރު ކަމަދޫއިން ދަނީ ދައްކުވައިދެމުން
ރާއްޖެއެމްވީ
ކަމަދޫ އީދު އުފާ
"ދެން އަންނަ އީދެއްގައި ދާން ބޭނުންވަނީ ކަމަދޫއަށް"
އީދަކީ އުފާ ފާޅުކޮށް ގުުޅުން ބަދަހި ކުރުމަށް ލިބޭ ފުރުސަތަކަށްވާއިރު، ކަމަދޫ ފަދަ ރަށްތަކުން ގެންދަނީ އެ ނަމޫނާ ދައްކަމުން

އީދުގެ ފޯރި އެންމެ ގަދަ ރަށްތަކުގެ ލިސްޓުގެ ކުރީގައި މިފަހަރު ހަމަ ޔަގީނުންވެސް ބ އަތޮޅުގެ ކަމަދޫ ހިމެނޭނެއެވެ. އެގޮތުން މުޅި ރަށުގެ ރައްޔިތުން ނުކުމެ ދައްކުވައިދެމުން ގެންދަނީ އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ނަމޫނާއެކެވެ.

އީދުގެ ހަރަކާތްތަކަަށް ބަލާއިރުވެސް، ޒަމާންވީ ދިވެހިވަންތަ ސަޤާފަތްތަކާއި ރަހަތަކުގެ ކުލަވަރު ކަމަދޫއިން ދަނީ ދައްކުވައިދެމުންނެވެ.

އެންމެ ހާއްސަ ކަމަކީ އީދުގެ އެކިއެކި ހަރަކާތްތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައި އެ ހުންނަ ލަވަތަކެވެ. އެގޮތުން ކޮންމެ ލަވައެއްގައިވެސް ކަަމަދޫގެ ވާހަކަތައް ހިމަނާލާފައިވާއިރު، އެރަށުން އީދަށް ވެފައިވާ ތައްޔާރީތަކާއި ރަށުގެ ހުނަރުވެރިކަން ލަވަތަކުން އެކަނިވެސް ފެނިގެން ދެއެވެ.

އީދުގައި އެތައް ބަޔަކު މާލޭގައި ތިބެން ޖެހިފައިވާއިރު، ޓީވީން ކަމަދޫގެ މަންޒަރުތައް ފެންނައިރު އެތަނުގައި ހަމަ ހުރެވޭ ކަހަލައެވެ. އެހާވެސް ފޯރި ގަދަވެފައި އީދުގެ ކުލަވަރު ފެނިގެން ދެއެވެ.

އޭގެ އިތުރުން، ކޯޑި ކެނޑުމާއި، ބޮޑުމަސް ބޭނުމާއި، ސްޓޭޖް ޝޯވ ގެ އިތުރުން، ދަފި ނެގުމާއި، މާފަތީގެ ހަރަކާތްތަކާއި، ކުޅިވަރު ހަރަކާތްތަކާއެކު ކަމަދޫގެ ކުދިބޮޑު ރައްޔިތުން އީދު ފާހަގަކުރަމުންދަނީ ރަށަށް އީދަށް ޒިޔާރަތްކުރި މެހެމާނުންވެސް ހައިރާން ކޮށްލާފައެވެ. އެހާވެސް އިންތިޒާމުތައް ފުރިހަމައެވެ.

އީދަކީ އުފާ ފާޅުކޮށް ގުުޅުން ބަދަހި ކުރުމަށް ލިބޭ ފުރުސަތަކަށްވާއިރު، ކަމަދޫ ފަދަ ރަށްތަކުން ގެންދަނީ އެ ނަމޫނާ ދައްކަމުންނެވެ. "ދެން އަންނަ އީދެއްގައި ދާން ބޭނުންވަނީ ކަމަދޫއަށޭ" ބުނާ މީހުން މިއަދު މަދެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
0%
0%
0%
0%
0%
0%
ކޮމެންޓް