ކ. މާލެ
|
17 ޖޫން 2024 | ހޯމަ 19:45
ދޯންޏެއް މަހަށް ނުކުމެ، ކަޅުބިލަ މަސް އަދި ކަންނެލި ގަތް މިންވަރުވެސް ވަނީ ދަށަށް ގޮސްފައި
ދޯންޏެއް މަހަށް ނުކުމެ، ކަޅުބިލަ މަސް އަދި ކަންނެލި ގަތް މިންވަރުވެސް ވަނީ ދަށަށް ގޮސްފައި
ޓްވިޓަރ
މަސްވެރިކަމުގެ ސިނާއަތް
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
ކަޅުބިލަ މަސް އަދި ކަންނެލި ގަތް މިންވަރުވެސް ދަށަށް
އެމްއެމްއޭ ގެ ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި މަސް ގަތް އަދަދަށް ވުރެ 2024 ގެ އެ މުއްދަތުގެ ތެރޭގައި މަސް ގަތް އަދަދު 11،069.2 މެޓްރިކް ޓަނު ވަނީ ދަށަށް ގޮސްފަ
ކުރީ ސަރުކާރުން މަސްގަންނަ ބޮޑު ކޮށްފައި ވަނިކޮށް މި ސަރުކާރުން ވަނީ އެ އަގު ދަށްކޮށްފައި

2024 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގެ ހިސާބުތަކަށް ބަލާއިރު މަސްވެރި ކަމުގެ ސިނާއަތު ވަރަށް ބޮޑަށް ރާއްޖޭގައި ދަށަށް ހިނގައްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ޝާއިއު ކުރި މިއަހަރުގެ ފުރަތަމަ ކުއަރޓާގެ ކުއަރޓާލީ އިކޮނޮމިކް ބުލެޓިން ގައި ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ކުއަޓާގައި މަސް ޕްރޮސެސް ކުރާ ކުންފުނި ތަކުން މަސްގަތް މިންވަރާއި އަދި ރާއްޖޭން މަސް އެކްސްޕޯޓް ކުރި މިންވަރުވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

2024 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި 21،941.3 މެޓްރިކް ޓަނުގެ މަސް ގަނެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ އިރު އެމްއެމްއޭ އިން ބުނެފައިވަނީ އެ އަދަދަކީ 2023 ގެ ފުރަތަމަ ކުއަރޓާ ގައި މަސް ގަތް އަދަދަށް ވުރެ ބޮޑު ތަނުން ދަށުގެ މިންވަރެއް ކަމަށެވެ.

އެމްއެމްއޭ ގެ ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި މަސް ގަތް އަދަދަށް ވުރެ 2024 ގެ އެ މުއްދަތުގެ ތެރޭގައި މަސް ގަތް އަދަދު 11،069.2 މެޓްރިކް ޓަނު ވަނީ ދަށަށް ގޮސްފައެވެ. އެއީ 34 އިން ސައްތައިގެ ދަށްވުމެއް ކަމަށް އެމްއެމްއޭ އިން ފާހަގަ ކުރެއެވެ.

އެމްއެމްއޭ އިން ބުނާ ގޮތުގައި، މަސްވެރިކަމުގެ ސިނާއަތައް ޖުމްލަ ގޮތެއްގައި އައިސްފައިވާ ހީނަރު ކަމަށް ބަލާއިރު، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި ކަޅުބިލަ މަސް ގަތް މިންވަރު އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 9088.9 މެޓްރިކް ޓަނު ދަށްވެފައިވެފައިވެއެވެ. ހަމަ އެހެންމެ ރީނދޫ އުރަހަ ކަންނެލި ގަތް މިންވަރުވެސް 1935.2 މެޓްރިކް ޓަނު ދަށްވެފައިވެއެވެ.

ފިނިކުރި ކަޅުބިލަ މަހާއި ފިނި ނުކުރާ ކަޅުބިލަ މަހުގެ އަގު މިހާރު ހުރީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި ހުރި ވަރަށް ވުރެ މަތީގައިކަން އެމްއެމްއޭ އިން ފާހަގަ ކުރެއެވެ.

ރާއްޖޭގެ ބާޒާރުގައި މަސް ގަންނަ އަގު މައްޗަށް ދިޔަ ސަބަބު ކަމަށް އެމްއެމްއޭ އިން ބުނެފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން މިފްކޯ މެދުވެރިކޮށް ގަންނަ މަހުގެ އަގު ބޮޑު ކުރަން ނިންމުމާގުޅިގެން ކަމަށެވެ.

މަސްމާރުކޭޓްގައި މަސް ކެނޑުމުގެ މަސައްކަތުގައި - ރާއްޖެއެމްވީ

މިހާރު ރާއްޖޭގެ ބާޒާރުގައި ކަޅުބިލަ މަހުގެ އަގު ހުރީ ފިނި ނުކުރާ ނަމަ ކިލޯއެއް 19.7 ރުފިޔާ އަށް އަދި ފިނިކޮށްފައި ނަމަ 21.7 ރ އަށް ކިލޯއެކެވެ. އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން މަހުގެ އަގު ބޮޑު ކޮށްފައި ވަނިކޮށް މި އަހަރުގެ ފެބްރުއަރީ މަހު މިފްކޯ އިން ވަނީ ކުރިން ބޮޑު ކުރި އަގު ކުޑަކޮށްފައެވެ. އެހެން ނަމަވެސް ކުރި ބޮޑު ކުރި އަގު ކުޑަކުރުމުންވެސް މިހާރު މަސްގަންނަ އަގު 2023 ވަނަ އަހަރުގެ ކުރީ ކޮޅު ހުރި މިންވަރަށް ވުރެ މަތިކަން އެމްއެމްއޭ އިން ފާހަގަ ކުރެއެވެ.

ދޯންޏެއްގައި މަސްވިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ - މުހައްމަދު ޝަރުހާން

ރީނދޫ އުރަހަ ކަންނެލި ކިލޯއެއް އަމިއްލަ ކުންފުނި ތަކުން 2023 ގެ ފުރަތަމަ ކުއަރޓާގައި ކިލޯ އެއް 58.7 ރުފިޔާ އަށް ކިލޯ އެއް ގަންނަމުން ދިޔަ ނަމަވެސް އަމިއްލަ ކުންފުނިތަކުން މިހާރު ކަންނެލި ގަންނަ އަގު ކިލޯ އަކަށް 63.4 ރުފިޔާ އަށް ބޮޑު ކޮށްފައިވާ ކަން އެމްއެމްއޭ އިން ފާހަގަ ކުރެއެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް، ވެވަޑައިގެންނެވި ވައުދު ތަކުގެ ތެރޭގައި ބޮޑު ކަންނެލީގެ އަގު 80ރ އާއި 100ރ އާ ދެމެދުގެ މިންވަރަކަށް ބޮޑު ކޮށްދިނުމުގެ އިތުރުން، ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހަދައި ދިނުމާއި، މިފްކޯ އަށް ބޮޑު ކަންނެލި ގަންނާނެ ކަމުގެ ޔަގީންކަން ދިނުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް