ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 08:29
ކަމަދޫގައި ކުލަގަދަ ކޮށް ޢީދު ފާހަގަކުރުން ފެށުމުގެ ތެރެއިން ކުރިއަށް ދިޔަ ބައެއް ހަރަކާތްތައް
ކަމަދޫގައި ކުލަގަދަ ކޮށް ޢީދު ފާހަގަކުރުން ފެށުމުގެ ތެރެއިން ކުރިއަށް ދިޔަ ބައެއް ހަރަކާތްތައް
ރާއްޖެއެމްވީ
ކަމަދޫ ޢީދު ފޯރި
ކަމަދޫ ޢީދު ފޯރި ފެށިއްޖެ، ޢީދަށް މަރުހަބާ ކިޔުން ވަރަށް ފުރިހަމަ
އީދު ޕްރޮގްރާމް ފަށާފައި ވަނީ ސަޤާފީ ކުޅިވަރުތަކުން
ސްޓޭޖް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ރަށުގެ ކަނބަލުންގެ ފަރި ނެށުމުގެ ހަރަކާތްތަކެއް ވަނީ ހުށަހަޅާދިފަ

ފޯރި ގަދަ އެތައް ހަރަކާތްތަކަކާއި އެކު ކުރިއަށް ގެންދާ ބ.ކަމަދޫގެ ޢީދު ހަރަކާތްތައް ފަށައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ 09:00 ހާއިރު އެ ރަށުގެ ޢީދު ހަރަކާތްތައް ފަށާފައި ވަނީ އީދު ސްޓޭޖް ހުޅުވުމުގެ ރަސްމިއްޔާތާއި އެކުގައެވެ.

އެ ހަރަކާތް ފަށާފައި ވަނީ ސަޤާފީ ހަރަކާތަކާއި އެކުގައެވެ.

މި ހަރަކާތަކީ ވޭތުވެދިޔަ 10 ވަރަށް އަހަރުން ފެށިގެން ކަމަދޫގައި އީދަށް މަރުހަބާ ކިޔުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ހަރަކަތުގެ އެންމެ ހާއްސަވާ އެއް ސަބަބަކީ މި ހަރަކާތުގެ ތެރެއިން ރަަށަށް ހިދުމަތްކޮށްދެއްވާފައިވާ ދޮށީއުމުރުގެ ކޮންމެވެސް ފަރާތެއްގެ އަގުވަޒަންކޮށް، އެފަރާތަށް ހާއްސަ ޝަރަފުވެރި އެވޯޑެއް ދަނީ ދެމުންނެވެ.

މި އަހަރު އެ އެވޯޑް، "ޚިދުމަތުގެ ރަމްޒު" އެވޯޑް ދީފައި ވަނީ އެ ރަށުގެ ކުރީގެ ކަތީބު އަދި ދަ ހޯކްސްގެ ޗެއަރމަން އަހުމަދު ރަޝީދަށެވެ.

އަޟްހާ ޢީދު ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި ހަރަކާތުގައި އިޒްރާއިލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި ހާލަތު ހަނދާން ކުރުމުގެ ގޮތުން އެއް މިނިޓުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.

ސްޓޭޖް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ރަށުގެ ކަނބަލުންގެ ފަރި ނެށުމުގެ ހަރަކާތްތަކެއް ވަނީ ހުށަހަޅާދިފައެވެ.

އަޟްހާ ޢީދުގެ އުފަލުގައި ކުރިއަށްދާ ހަރަކާތްތައް ބަލާލުމަށް ގިނަ އަދަދެއްގެ މީހުން ރަށަށް ޒިޔާރަތް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބަނދަރު ސަރަހައްދުގައި މެހެމާނުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ.

ކުލަ ގަދަ ގިނަ ހަރަކާތްތަކާއި އެކު ބާއްވާ ބ.ކަމަދޫގެ ޢީދު ކުޅިވަރުތައް ރާއްޖެ ޓީވީން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
ކޮމެންޓް