ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 18:42
ކަމަދޫގެ ޢީދު ލަވައިގެ ބައެއް މަންޒަރުތައް
ކަމަދޫގެ ޢީދު ލަވައިގެ ބައެއް މަންޒަރުތައް
ރާއްޖެއެމްވީ
"މަރުހަބާ ނަލަ ސާފު ކަމަދޫ" ލަވަ
"މަރުހަބާ ނަލަ ސާފު ކަމަދޫ" ލަވަ ބަލައިފިންތަ؟ ވަރަށް ހިތްގައިމު!
ލަވަ ހުށަހަޅާ ދީފައި ވަނީ ދިވެހިންގެ މެދުގައި ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ ލަވަކިޔުންތެރިޔާ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)
މުހައްމަދު ޝަމީމްގެ ޅެމަކަށް ތައްޔާރުކޮށްފައިވާ މި ލަވައިގެ މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ ޓޮނިކް ލައިވް ސްޓޫޑިއޯ އިން
ހަމައެހެންމެ މިލަވައިން ދޭން ބޭނުންވާ މެސެޖަކީ މުޅި ކަމަދޫ ރަށަށް އަންނަ މީހުންނަށް މަރުހަބާ ކިޔުމަށްޓަކާ ތައްޔާރަށް އޮތް މިންވަރު ކަމަށް ކަމަދޫ އިން ބުނޭ

ބ.ކަމަދޫ އިން 1445 ވަނަ އަހަރުގެ ޢީދަށް ޚާއްސަކޮށްގެން ވަރަށް ހިތް ގައިމު ލަވައެއް ނެރެފިއެވެ.

"މަރުޚަބާ ނަލަ ސާފު ކަމަދޫ"ގެ ނަމުން ނަންދީފައިވާ މި ލަވައިން ކަމަދޫގެ އެކި އުމުރުފުރާތަކުގެ އާއްމުން ފެނިގެންދެއެވެ.

އެ ލަވަޔާއި ގުޅޭ ގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ، މި ލަވަޔަކީ އީދު ދުވަސް އިތުރަށް ޕްރޮމޯޓްކުރުމުގެ ގޮތުން ހަދާފައިވާ ލަވައެއް ކަމަށެވެ. އަދި ރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ފެނިގެންދާ މި ލަވައިން ދައްކުވާދޭން މަސައްކަތްކޮށްފައި ވަނީ ޢީދު ދުވަހު އެ ރަށުން ފެނިގެންދާނެ ރޫހާއި ކުލަވަރުކަމަށް އޭނާ ވަނީ ބުނެފައެވެ.

ހަމައެހެންމެ މިލަވައިން ދޭން ބޭނުންވާ މެސެޖަކީ މުޅި ކަމަދޫ ރަށަށް އަންނަ މީހުންނަށް މަރުޚަބާ ކިޔުމަށްޓަކާ ތައްޔާރަށް އޮތް މިންވަރު ކަމަށް އޭނާ ވަނީ ބުނެފައެވެ.

މުހައްމަދު ޝަމީމްގެ ޅެމަކަށް ތައްޔާރުކޮށްފައިވާ މި ލަވައިގެ މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ ޓޮނިކް ލައިވް ސްޓޫޑިއޯ އިންނެވެ.

އަދި ލަވަ ހުށަހަޅާ ދީފައި ވަނީ ދިވެހިންގެ މެދުގައި ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ ލަވަކިޔުންތެރިޔާ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)އެވެ.

އެ ލައިވައިގެ ވީޑިއޯ ނަގާފައި ވަނީ ކަމަދޫއަށް ނިސްބަތްވާ ޒުވާނެއް ކަމަށްވާ ހުމާމް ޝަރީފް (ޓެޑީ)އެވެ.

އެ ލަވައިން ކަމަދޫގެ އީދާއި، ރަށުގެ އެއްބައިވަންތަކަމާއި، އިސް ރަށްވެހިން ހިމަނައިގެން، އެންމެން ގުޅިގެން ފާހަގަކުރާ އީދުގެ ހަރަކާތްތައް އަދި ބޭރުން އަންނަ މެހެމާނުންންނަށް އަދާކުރާ މެހެމާންދާރީ ވަނީ ދައްކުވައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް