ކ. މާލެ
|
15 ޖޫން 2024 | ހޮނިހިރު 12:53
އަމީނީ މަގުގައި ހުރި ވެހިކަލްތައް ޓޯކުރަނީ
އަމީނީ މަގުގައި ހުރި ވެހިކަލްތައް ޓޯކުރަނީ
ޕޮލިސް
އުޅަނދު ޓޯކުރުން
ދެ ދުވަހެއްގެ ތެރޭގައި 163 އުޅަނދު ޓޯ ކޮށްފި
ފުލުހުން ވަނީ ޓްރެފިކަށް ދަތި ނުވާގޮތަށް އަމަލުބެހެއްޓުމަށް އިލްތިމާސްކޮށްފައި

ދެ ދުވަހެއްގެ ތެރޭގައި 163 އުޅަނދު ފުލުހުން ޓޯ ކޮށްފިއެވެ.

ފުލުުން ބުނީ މާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ޕާކްކޮށްފައިވާތީ ބުރާސްފަތި އަދި ހުކުރު ދުވަހު 4 ފޮރޮޅުލީ އުޅަނދު ޓޯ ކޮށްފައިވާ ކަމަށެވެ.

އެގޮތުން ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮއްޓާ ހިސާބުން ފެށިގެން ފަތާ ޓްރެކާއި ހަމައަށް ހުސްކޮށް، 84 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ.

އަދި އަމީނީ މަގު ދަރުބާރުގެ ހިސާބުން ފެށިގެން ބޮޑު ތަކުރުފާނު މަގުން ފެށިގެން އައިޖީއެމްއެޗްއާއި ހަމައަށް، އަދި ބޮޑުތަކުރުފާނު މަގު ސެނެހިޔާ ހިސާބުން ފެށިގެން މާގިރި ހޮޓަލާއި ހަމައަށް، ހިމެނޭ ގޮތަށް އިއްޒުއްދީން މަގު ބަސް ސްޓޮޕް ކައިރި ހުސްކޮށް 79 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މީގެ ތެރޭގައި އިއްޒުންދީން މަގުން ޓޯކުރި ރަޖިސްޓްރީ ނުކުރާ އުޅަނދުވެސް ހިމެނޭ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް އެއްގަމު އުޅަނދު ޕާކު ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
100%
0%
0%
ކޮމެންޓް