ކ. މާލެ
|
14 ޖޫން 2024 | ހުކުރު 19:38
އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް
އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ
"ޤާނޫނު އަސާސީ އަށް އިސްލާހު ގެންނާނީ މަޖިލިސް މެމްބަރުންގެ އަދަދު ލިމިޓްކޮށް، ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު އަންނަ ގޮތަށް"
ޖުމުލަ 13 ބަޔަކަށް ބެހިގެންދާ މި އެޖެންޑާ ފާސްކުރީ ބުރާސްފަތި ދުވަހުގެ ވަޒީރުންގެ މަޖިލީހުން
ބުރާސްފަތި ދުވަހު 76 ބިލެއް ހިމެނޭހެން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ވަނީ އާއްމުކޮށްފަވޭ

ޤާނޫނު އަސާސީ އަށް އިސްލާހު ގެންނާނީ މަޖިލިސް މެމްބަރުންގެ އަދަދު ލިމިޓްކޮށް، ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު އަންނަ ގޮތަށް ކަމަށް އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ މަޖިލިސް މެމްބަރުންގެ އަދަދު ލިމިޓްކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަަމަށެވެ. އަދި އެ ކަމާއި ގުޅުން ހުރި މަސައްކަތްތައް ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ގޮތެއް ނިންމާނީ ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށް ފަހު ކަމަށް އުޝާމް ވިދާޅުވިއެވެ. އުޝާމް ވަނީ 19 ވަނަ މަޖިލީހުގައި މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓްކުރުަމަށް ޑިމޮކްރެޓްސް އިން ހުށަހެޅިކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އޭރު އެ އިސްލާހު އޮތީ އެންމެ ރަނގަަޅަށް ނޫން ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޖޭއެސްސީގެ ކޮމްޕޯނެންޓް ނުވަތަ ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ޤާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅުއްވާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ޖޭއެސްސީ އަށް އަންނާނެ ބަދަލުތައް އަދި ނޭނގޭ ކަމަށް އުޝާމް ވިދާޅުވިއެވެ.

76 ބިލެއް ހިމެނޭހެން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ހާމަކުރީ ބުރާސްފަތި ދުވަހުއެވެ. އުޝާމް ވިދާޅުވީ، އެ އެޖެންޑާގައި 6 ދާއިރާ އަކަށް އަލިއަޅުވާލާފައި ވާނެ ކަމަށެވެ. އަދި 2023 އިން ވަނަ އަހަރުން ފެށިގެން 5 އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ގަސްދުކުރާ ބިލުތައް އެ އެޖެންޑާގައި ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޖުމުލަ 13 ބަޔަކަށް ބެހިގެންދާ މި އެޖެންޑާ ފާސްކުރީ ބުރާސްފަތި ދުވަހުގެ ވަޒީރުންގެ މަޖިލީހުންނެވެ.

ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ބޭނުންވާ ނޭޝަނަލް ޕްލޭނިންގ ޤާނޫނުގެ ބިލުވެސް މިއެޖެންޑާގައި ހިމަނާފައިވެއެވެ. ސަރުކާރުން ބުނީ ސަރުކާރުތައް ބަދަލުވީ ނަމަވެސް ބުރަ މަސައްކަތްކޮށްގެން އެކުލަވާލާ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބަދަލު ނުގެނެވޭ ގޮތަށް އެ ޤާނޫނުގެ ދަށުން މަގުފަހިވެގެންދާނެ ކަމަށެވެ. ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން އެކުލަވާލާ 78 ބިލަކީ މުޅިން އަލަށް އެކުލަވާލާ ބިލެވެ. އެ ބިލުތައް އެކުލަވާލާފައި ވަނީ ޖުމްލަ 15 މައުޟޫއަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް