ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 18:55
އުދުހޭ ޓެކްސީ މިއަހަރުގެ ހައްޖު މޫސުމަށް ސައުދީ އަރަބިއްޔާ އިން މިވަނީ ތައާރުފް ކޮށްފައި
އުދުހޭ ޓެކްސީ މިއަހަރުގެ ހައްޖު މޫސުމަށް ސައުދީ އަރަބިއްޔާ އިން މިވަނީ ތައާރުފް ކޮށްފައި
-
އުދުހޭ ޓެކްސީ ތަޢާރަފް ކުރުން
އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
އުދުހޭ ޓެކްސީ މި އަހަރު މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ އިމަޖެންސީ ޚިދުމަތްތަކަށް ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ

އަންމޭންޑް އެއަރ ޓެކްސީ ނުވަތަ ނުވަތަ ޑްރައިވަރަކާ ނުލާ އުދުހޭ ޓެކްސީ މިއަހަރުގެ ހައްޖު މޫސުމަށް ސައުދީ އަރަބިއްޔާ އިން ތައާރުފް ކޮށްފިއެވެ.

އުދުހޭ ޓެކްސީ މި އަހަރު މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ އިމަޖެންސީ ޚިދުމަތްތަކަށް ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ. އެ ގޮތުން ހައްޖުވެރިން އިމަޖެންސީ ހާލަތެއްގައި އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް އުދުހޭ ޓެކްސީ ބޭނުން ކުރާނެ ކަމަށް އޮފިޝަލުން ވަނީ ހާމަ ކޮށްފައެވެ. އަދި ހައްޖުވާ މީޙުންނަށް ބޭނުންވާ މުހިންމު ތަކެއްޗާއި ބޭސްފަދަ ތަކެތި އުފުލުމަށް ވެސް އުދުހޭ ޓެކްސީ ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އޮފިޝަލުންނާ ހަވާލާދީ ސައުދީ ނޫސްތަކުގައި ބުނެފައިވެއެވެ.

މިއީ ދުނިޔޭގެ ފުރަތަމަ އެލެކްޓްރިކް އެއަރ ޓެކްސީ ކަމަށް ސައުދީ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ސައުދީ އަރަބިއްޔާގެ ނޫހެއް ކަމުގައިވާ ސައުދީ ގެޒެޓްގައި ބުނެފައިވާ ގޮތުގައި އެ ގައުމުގެ ރަސްމީ އެއަރލައިން ކަމުގައިވަ ސައުދީ އަރަބިއަން އެއަރލައިނުން މިހާރު މަސައްކަތް ކުރަމުންދަނީ ޖިއްދާގެ ކިންގް އަބްދުލް އަޒީޒު އެއަރޕޯޓުން މައްކާގެ ހޮޓާތަކަށް ހައްޖުވެރިން އުފުލުމަށް ކުރިމަގުގައި އުދުހޭ ޓެކްސީ ތައާރުފް ކުރުމަށެވެ. އެކަމަށްޓަކައި އެ އެއަރލައިނުން 100 އެއަރކްރާފްޓް ގަތުމުގެ މަސައްކަތް ހިނގަމުންދާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
100%
ކޮމެންޓް