ބައެއް ފަހަރު ގޭތެރޭގައި ހިފާފައި ހުންނަ އެކި ފާޑުފާޑުގެ ވަސް ފިލުވާލަން އުނދަގޫ ވެއެވެ. އާއްމުކޮށް ކައްކާ ނިމުމުން ސިޓިންގ ރޫމްގައި އާއި މުޅި ގޭގައި ހިފާފައި ހުންނަ ވަސް ފިލުވާލަން ފަސޭހައެއް ނޫނެވެ. ގޭތެރެ މޮޕްލުމާ ކުޑަ ދޮރުތައް ހުޅުވައިގެން ވަސް ބޭރުކުރުމުގެ ބުރަ މަސައްކަތް އޮންނަނީ ކުރަން ވެފައެވެ. މި ފަދަ ހާލަތުގައި ގެއަށް މެހުމާނުން އަންނަންވެސް ބޭނުން ނުވާ ފަހަރު އާދެ އެވެ. ދުވާ ވަހުގެ ސަބަބުންނެވެ. މި ފަހަރު މި ގެނެސްދޭ އެއަރ ފްރެޝްނަރ އަކީ މި ގޮތަށް ގޭތެރޭގެ ވަސް ރަނގަޅު ކުރުމަށް ބޭނުން ކޮށްލެވިދާނެ އެއްޗެކެވެ. ސޮފްނަރއެއްގެ ގޮތުގައި ވެސް މި މިކްސްޗަރ ބޭނުންކޮށްލެވިދާނެއެވެ.
ބޭނުންވާ ތަކެތި:
- ފެން
- ބޭނުން ވައްތަރެއްގެ އެސެންޝިއަލް އޮއިލް
- ބޭކިންގ ސޮޑަރ
- ސްޕްރޭ ކުރާނެ ފުޅިއެއް
ތައްޔާރު ކުރާނެ ގޮތް:
ދެ ސައިސަމުސާ ބޭކިންގ ސޮޑާގެ ތެރެއަށް 25-20 ތިކި އެސެންޝިއަލް އޮއިލް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއް ތަށި ފެނުގެ ތެރެއަށް ބޭކިންގ ސޮޑަރ މިކްސްޗަރ އަޅާ ރަނގަޅަށް ގިރާލާށެވެ. ސްޕްރޭ ކުރެވޭ ކަހަލަ ފުޅިއެއްގެ ތެރެއަށް ކުރިން ތައްޔާރުކުރި މިކްސްޗަރ އަޅާލާށެވެ.