ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 16:07
ހަރަމްފުޅު ވަށައިގެން ހައްޖާޖީން ތޮވާފް ކުރަނީ - ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި މި އަހަރު ހައްޖު ވުމަށް އަންނަ މީހުންގެ އަދަދު ހުސްވި އަހަރަށްވުރެ އިތުވާނެ
ހަރަމްފުޅު ވަށައިގެން ހައްޖާޖީން ތޮވާފް ކުރަނީ - ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި މި އަހަރު ހައްޖު ވުމަށް އަންނަ މީހުންގެ އަދަދު ހުސްވި އަހަރަށްވުރެ އިތުވާނެ
ރޮއިޓާސް
ޙައްޖު 1445
ހައްޖުގެ އަޅުކަމަށް 1.5 މިލިއަނަށް ވުރެ ގިނަ މީހުން ސައުދީއަށް ހިނގައްޖެ
އެންމެ ގިނަ މީހުން ސައުދީއަށް ދަތުރު ކޮށްފައިވަނީ ވައިގެ މަގުން ކަމަށް ރިކޯޑްތަކުން ފެންނައިރު، 4،710 މީހުން ދަތުރު ކޮށްފައިވަނީ ކަނޑު މަގުން

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދޮޅު މިލިއަނަށް ވުރެ ގިނަ މީހުން ސައުދީ އަރަބިއްޔާ އަށް ހިނގައްޖެ ކަމަށް އެ ގައުމުގެ ޖެނެރަލް ޑިރެކްޓްރޭޓް އޮފް ޕާސްޕޯޓްސް އިން ހާމަ ކޮށްފިއެވެ.

ސައުދީގެ ޕާސްޕޯޓާބެހޭ އޮފީހާ ހަވާލާދީ އަލް އަރަބިއްޔާ އިން ބުނެފައިވާ ގޮތުގައި ޖޫން މަހުގެ 10 ވީ ހޯމަ ދުވަހުގެ ނިޔަލަށް 1،547،295 މީޙުން ހައްޖުވުމަށް ސައުދީ އަށް ވަނީ އައިސްފައެވެ.

އެންމެ ގިނަ މީހުން ސައުދީއަށް ދަތުރު ކޮށްފައިވަނީ ވައިގެ މަގުން ކަމަށް ރިކޯޑްތަކުން ފެންނައިރު، 4،710 މީހުން ކަނޑު މަގުން ހައްޖުވުމަށް ދަތުރު ކުރިކަން ފާހަގަ ކުރެވެއެވެ.

ހުސްވި އަހަރު، 150 ގައުމަކުން، 1.8 މިލިއަން މީހުން ހައްޖުވުމަށް ދިޔަ ކަމަށް ސައުދީގެ ރަސްމީ އިދާރާތަކުން ވަނީ ހާމަ ކޮށްފައެވެ. ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި މި އަހަރު ހައްޖު ވުމަށް އަންނަ މީހުންގެ އަދަދު ހުސްވި އަހަރަށްވުރެ އިތުވާނެއެވެ.

އިސްލާމް ދީނުގެ 5 ރުކުނުގެ ތެރޭގައި ހިމެނޭ ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއްފަހަރު ކައުބަތުﷲ ގެފުޅަށް ގޮސް އަދާ ކުރަން ޖެހޭ ހައްޖުގެ އަޅުކަން މި އަހަރު ފެށޭނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.

- ކޮމެންޓް