ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 23:44
އިޒްރޭލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ - މި ޕްލޭން ރައީސް ބައިޑްން ހާމަ ކުރެއްވިތާ އިރުކޮޅެއްގެ ތެރޭގައި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ އެއީ ބައިކުޅަ ބައި ޕްލޭނެއް ކަމަށް
އިޒްރޭލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ - މި ޕްލޭން ރައީސް ބައިޑްން ހާމަ ކުރެއްވިތާ އިރުކޮޅެއްގެ ތެރޭގައި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ އެއީ ބައިކުޅަ ބައި ޕްލޭނެއް ކަމަށް
ގޫގުލް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ގާޒާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން ގަބޫލު ކުރައްވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
އިޒްރޭލުން ރަސްމީ ކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ގަބޫލު ކުރާކަން އަދި މިހާތަނަށް ހާމަ ކޮށްފައެއް ނުވޭ

އެމެރިކާގެ ސުލްހައިގެ ޕްލޭން އިޒްރޭލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ގަބޫލު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފި ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އަންގާރާ ދުވަހު ވިދާޅުވެއްޖެއެވެ.

ގާޒާގައި އިޒްރޭލުން ހިންގަމުންދާ ލޭ އޮހޮރުން ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް މިގެ 9 ދުވަސް ކުރިން ހާމަ ކުރެއްވި ސުލްހައިގެ ޕްލޭނަށް ސަރަހައްދުގެ ގައުމުތަކުގެ ވެރިންގެ ތާއީދު ހޯއްދެވުމަށް ބްލިންކަން މިހާރު މެދު އިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި އަންގާރަ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރު އާ ޖެރޫސަލަމްގައި ވަނީ ބައްދަލު ކުރައްވާފައެވެ.

މީގެ އިތުރުން އދ.ގެ ސެކިއުރިޓީ ކައުންސިލުން ހޯމަ ދުވަހު ފާސްކުރި ހަނގުރާމަ ހުއްޓާލުމުގެ ގާރާރަށް ހަމާސް އިން މަރުހަބާ ކިޔާފައިވާތީ އެއީ އުއްމީދީ ނިޝާނެއް ކަމަށްވެސް ބްލިންކަން ވިދާޅުވިއެވެ.

ބްލިންކަން މި މޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް އިޒްރޭލުން ރަސްމީ ކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ގަބޫލު ކުރާކަން އަދި މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

ހުސްވި މެއި މަހުގެ 31 ވަނަ ދުވަހު އެމެރިކާގެ ރައީސް ހާމަ ކުރެއްވި ޕްލޭން އަކީ 3 މަރުހަލާ އަކަށް ބަހާލެވިފައިވާ ފްލޭނެކެވެ. އެ ޕްލޭންގައިވާ ގޮތުން ހަމާސް އާއި އިޒްރޭލުން ހައްޔަރު ކޮށްފައިވާ ރަހީނުން މިނިވަން ކުރުމާއި، ހަމަލާތައް ހުއްޓާލުމާއި، ގާޒާ އަލުން ބިނާ ކުރުން ހިމެނެއެވެ.

މި ޕްލޭން ރައީސް ބައިޑްން ހާމަ ކުރެއްވިތާ އިރުކޮޅެއްގެ ތެރޭގައި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ އެއީ ބައިކުޅަ ބައި ޕްލޭނެއް ކަމަށެވެ. އެމެރިކާއިން ހާމަ ކުރި ޕްލޭނަށް އެއްބަސް ނުވާނެ ކަމަށްވެސް އެތައް ފަހަރެއްގެ މަތިން އިޒްރޭލުގެ އޮފިޝަލުން ހާމަ ކޮށްފައިވެއެވެ. އިޒްރޭލުން ބުނަމުން އައިސްފައިވަނީ ހަމާސް މުޅިން ނައްތާ ނުލެވެނީސް ހަނގުރާމަ ހުއްޓާ ނުލާނެކަމަށެވެ.

- ކޮމެންޓް