އަމާޒަކީ މި ވަގުތު ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދަށް ދިމާވާ މައްސަލަ ހަފްތާ އެއްހާ ދުވަސްތެރޭގައި ހައްލުކުރުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން ޝިޔާމް ވިދާޅުވީ ހުޅުމާލޭ ކަންނެލި ޖެޓީއާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ޙައްލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއެކު މަސައްކަތްކުރަމުންދާކަމަށެވެ.
އަދި ހުޅުމާލޭ ކަންނެލި ޖެޓީއާއި ގުޅިގެން މަސްވެރިންގެ ޝަކުވާތައް ހިއްސާކޮށްފައިވާ ކަމަށާއި މަސްވެރިންގެ އެފަދަ ޝަކުވާތައް އަދުވެސް އަޑު އައްސަވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޝިޔާމް ވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިނުން ވެސް މި މައްސަލައިގައި ކަންބޮޑުވާ ހިއްސާ ކުރިކަމަށް ވިދާޅުވެފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ގެނައުމަށް ހުޅުމާލޭ މާސްޓަރ ޕްލޭންގައި އޮތް ޔޮޓްމެރީނާ ތަރައްޤީކުރާ ސަރަޙައްދު ހިއްކުމުގެ މަސައްކަތް ކުރީ ސަރުކާރުން ފެއްޓެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިގޮތުން ހުޅުމާލޭ ފަޅުތެރެއިން 63 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
އެ ޖެޓީއަކީ މަސްވެރިންނަށް ޚާއްސަ ސަރަޙައްދެއްނަމަވެސް މުދާ އުފުލާ ދޯނިފަހަރު އެސަރަޙައްދު ބޭނުންކުރަމުންދާކަމުގެ ކަންބޮޑުވުން މަސްވެރިންވަނީ ޙީއްސާކޮށްފަ. އަޅުގަނޑުމެން އެކަމަށް ހައްލު ގެންނަން މަސައްކަތް ފަށައިފިން. ސީދާ ތާރީހެއް ދަންނަވަން ނޭނގޭ. އެހެންނަމަވެސް މި ވަގުތަށް އެ މައްސަލަ ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގަ. މިއީ އެކަމަކު ދާއިމީ ހައްލެއް ނޫން. އެސަރަޙައްދުގައި މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުން ޙައްލުކުރުމަށް މަސައްކަތް ކުމުން މިދަނީ. އެޗްޑީސީއާއެކު މަސައްކަތްތަކެއް ކު ކުރަމުން މިދަނީ.ސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
ޅުމާލެ ކަންނެލި ޖެޓީ މުދާ އުފުލާ ދޯނިތަކުންވެސް އެސަރަޙައްދު ބޭނުންކުރުން ކުރުމަކީ މަސްވެރިންގެ ކަންބޮޑުވުމެކެވެ.