ކ. މާލެ
|
10 ޖޫން 2024 | ހޯމަ 00:29
ހަނގުރާމައިގެ ކެބިނެޓްގައި ހިމެނޭ ދިފާއީ ވަޒީރު ބެނީ ގޭންޓްޒް - މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ގޭންޓްޒް އިސްތިއުފާ ދެއްވިޔަސް ނަތަންޔާހޫގެ ކޯލިޝަން ސަރުކާރު އަދި ނުވެއްޓޭނެ
ހަނގުރާމައިގެ ކެބިނެޓްގައި ހިމެނޭ ދިފާއީ ވަޒީރު ބެނީ ގޭންޓްޒް - މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ގޭންޓްޒް އިސްތިއުފާ ދެއްވިޔަސް ނަތަންޔާހޫގެ ކޯލިޝަން ސަރުކާރު އަދި ނުވެއްޓޭނެ
ގެޓީ އިމޭޖަސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ނަތަންޔާހޫ ސަރުކާރުގެ ދިފާއީ ވަޒީރު އިސްތިއުފާ ދެއްވައިފި
ގޭންޓްޒް އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވެފައިވަނީ ހަނގުރަމާއިގެ ފަހުން ގާޒާ އާ މެދު އަމަލު ކުރާނެ ގޮތުގެ ޕްލޭނެއް ނަތަންޔާހޫ އެކުލަވާ ލައްވާފައި ނުވާތީ

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓްގައި ހިމެނޭ ދިފާއީ ވަޒީރު ބެނީ ގޭންޓްޒް އާދިއްތަ ދުވަހު އިސްތިއުފާ ދެއްވައިފިއިއެވެ.

ގާޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ނުރުހުން ނަތަންޔާހޫ އަށް އަމާޒުވެފައި ވަނިކޮށް ނަތަންޔާހޫގެ ކެބިނެޓުން ގޭންޓްޒް އިސްތިއުފާ ދެއްވުމާއެކު އެތެރޭގެ ސިޔާސީ އިތުރު ފިއްތުންތައް ނަތަންޔާހޫ އަށް ކުރިމަތިވެ ވަޑައިގަންނަވާނެ ކަމަށް ބެލެއެވެ.

ކުރީގެ މިލިޓަރީ ޖެނެރަލެއްގެ ގޮތުގައި އިޒްރޭލްގެ އަސްކަރިއްޔާގައި މަސައްކަތް ކޮށްފައިވާ އުމުރުން 65 އަހަރުގެ ގޭންޓްޒް އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވެފައިވަނީ ހަނގުރަމައިގެ ފަހުން ގާޒާ އާ މެދު އަމަލު ކުރާނެ ގޮތުގެ ޕްލޭނެއް ނަތަންޔާހޫ އެކުލަވާ ލައްވާފައި ނުވާތީ ކަމަށެވެ. ގޭންޓްޒް ވަނީ އެފަދަ ޕްލޭނެއް އެކުލަވާލާ ފާސްކުރަން ޖެހޭނެ ކަމަށް މެއި މަހު ނަތަންޔާހޫ އަށް ހުށަހަޅުއްވާފައެވެ.

މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ގޭންޓްޒް އިސްތިއުފާ ދެއްވިޔަސް ނަތަންޔާހޫގެ ކޯލިޝަން ސަރުކާރު އަދި ވެއްޓޭނެ ކަމަކަށް ނުބެލެއެވެ.

"ހަގީގީ ކާމިޔާބު އިޒްރޭލަށް ލިބުމަށް ނަތަންޔާހޫ ގެންދަވަނީ ހުރަސް އަޅުއްވަމުން، އެހެންވެ އަހަރެމެން އިމަޖެންސީ ސަރުކާރާ ވަކިވާން ނިންމީ" އިސްތިއުފާ އާ ބެހޭ ގޮތުން ގޭންޓްޒް ވިދާޅުވިއެވެ.

ގޭންޓްޒް އާ ރައްދު ދެއްވާ ނަތަންޔާހޫ ވިދާޅުވެފައިވަނީ، މިއީ ހަނގުރާ އާ ވަކިވާން ޖެހޭ ވަގުތު ނޫން ކަމަށާއި، މިއީ އެކުގައި ތިބެންޖެހޭ ވަގުތު ކަމަށެވެ.

ހޮނިހިރު ދުވަހު އިޒްރޭލުން 4 ރަހީނުން ސަލާމަތް ކުރުމާއެކު، ނަތަންޔާހޫ ވަނީ ގޭންޓްޒްގެ ކިބައިން އިސްތިއުފާ ނުދެއްވާ ސަރުކާރާ އެކު ހުންނެވުމަށް އެދިވަޑައިގަތްފައެވެ.

އިޒްރޭލުގެ ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ނަތަންޔާހޫގެ ސަރުކާރު ވެއްޓިއްޖެ ނަމަ ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އެންމެ ބޮޑީ ގޭންޓްޒް އަށެވެ.

ހުސްވި ހަފްތާގައި ގޭންޓްޒްގެ ނޭޝަނަލް ޔުނިޓީ ޕާޓީން ވަނީ އިޒްރޭލްގެ ގާނޫނު ހަދާ މަޖިލިސް އުވާލުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އެ ޕާޓީން ބޭނުންވަނީ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް ފަހު އަވަހަށް އާއްމު އިންތިޚާބަކަށް ދިއުމަށެވެ.

ކޮމެންޓް