ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނުން ދަބަރު ފިލުވާލާނެ ގޮތެއް
9 ޖޫން 2024 | އާދީއްތަ 10:58
ގިނަ މީހުންގެ އެންމެ ބޮޑު ޝަކުވާ އަކީ ތެލިފަދަ ތަކެތިން ދަބަރު ފިލުވަން އުދަގޫ ކަމުގެ ޝަކުވާ
ގިނަ މީހުންގެ އެންމެ ބޮޑު ޝަކުވާ އަކީ ތެލިފަދަ ތަކެތިން ދަބަރު ފިލުވަން އުދަގޫ ކަމުގެ ޝަކުވާ
ރާއްޖެއެމްވީ

ބޭނުންވާ ތަކެތި:

  • ބޭކިންގ ސޮޑާ
  • ވައިޓް ވިނެގަރ
  • ލުނބޯ ހުތް
  • ލޮނު
  • ސްޕޮންޖު ކޮޅެއް
  • އޯމޯ

ދަބަރު ފިލުވަން ހަދާނެ ގޮތް:

ބޭކިންގ ސޮޑާގެ ތެރެއަށް ކުޑަ ފެންކޮޅެއް އެޅުމަށްފަހު ޕޭސްޓަކަށް ވަންދެން ރަނގަޅަށް އެއްކޮށްލާށެވެ. ފެނުގެ ބަދަލުގައި ލުނބޯ ހުތް ބޭނުންކުރުމުން ދަބަރު ފިލުވާލަން އިތުރަށް ފަސޭހަވާނެއެވެ. ދަބަރު ހުރި ތަންތަނުގައި ބޭކިންގ ސޮޑާ މިކްސްޗަރ ރަނގަޅަށް ހާކާލާށެވެ. އަދި 15-20 މިނެޓް ވަންދެން ބަހައްޓާލާށެވެ. 15-20 މިނެޓު ބަހައްޓާލުމަށްފަހު ސްޕޮންޖު ކޮޅަކުން ދަބަރު ހުރި ތަންތަނުގައި ހާކާލާށެވެ. އަދި ދަބަރު ހުރި މިންވަރަކުން ބޭކިންގ ސޮޑާ އަޅަމުން ސްޕޮންޖު ކޮޅުން ހާކަމުން ގެންދާށެވެ. ދަބަރު ފިލާފައި ހުރީ ކިހާ މިންވަރަކަށްތޯ ބެލުމަށްޓަކައި ފެންއަޅާ ދޮވެލާށެވެ. ނުފިލާ ދަބަރު ހުރިނަމަ، އަދި ފިލުވަން އުނދަގޫނަމަ، ދަބަރު ހުރި ތަނަށް ލޮނުކޮޅެއް ބުރުވާލާފައި ކުޑަކުޑަ ވައިޓް ވިނެގަރ ކޮޅެއް އަޅާލާށެވެ. 10-05 މިނެޓް ބެހެއްޓުމަށްފަހު ސްޕޮންޖުކޮޅަކުން އުނގުޅާލާށެވެ. ޑިޝްވޮޝަރ އެއް ބޭނުންކޮށްލައިގެން ދޮވެލުމަށްފަހު ރަނގަޅަށް ފެން ހިއްކާލާށެވެ.

- ކޮމެންޓް