Advertisement
ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 18:09
މަޖިލީހުގެ އާންމު ކޮމިޓީ
މަޖިލީހުގެ އާންމު ކޮމިޓީ
މަޖިލީހުގެ އާންމު ކޮމިޓީ
ޕީޖީ ގްރޫޕާއި ޕީޖީ ލީޑަރުންނަށް މުވައްޒަފުން ކަނޑައެޅުމުގެ އުސޫލު ފާސްކޮށްފި
މި މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
20 ވަނަ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އަދި ޕާލަމެންޓްރީ ގްރޫޕުތަކަށް މުވައްޒަފުން ހަމަޖެއްސުމުގެ އުސޫލު މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން އައު މަޖިލިސް ހުވާކުރުމާއެކު މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އަދި ޕާލަމެންޓްރީ ގްރޫޕުތަކަށް މުވައްޒަފުން ހަމަޖެއްސުމުގެ އުސޫލު ފާސްކުރުމަކީ މަޖިލީހުގެ އާންމު ކޮމިޓީން ކުރަން ޖެހޭ ކަމެކެވެ.

އެހެންކަމުން މަޖިލީހުގެ ގަވައިދާއި އެއްގޮތަށް މި އުސޫލު ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި އާންމު ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައެވެ.

އެ އުސޫލު ފާސްކޮށްފައި ވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ބުރާސްފަތި ދުވަހު ފާސްކުރި އުސޫލުގައި ބުނާ ގޮތުން ޕާލަމަންޓްރީ ގްރޫޕުތަކުގެ ތެރެއިން 10 މެންބަރުންނަށްވުރެ ގިނަ މެންބަރުން ހިމެނޭ ގްރޫޕުތަކަށާއި މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރަށް މުވައްޒަފުން ހަމަޖައްސަންޖެހޭނެއެވެ.

20 ވަނަ މަޖިލީސް ބެހިގެން ވާގޮތަށް ބަލާއިރު މަޖިލީހުގައި އޮންނާނީ 75 މެމްބަރުން ތިއްބެވި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕާއި 12 މެމްބަރުން ހިމެނޭ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕެވެ.

Advertisement

11 މެންބަރުންނާއި 20 މެންބަރުންނާ ދެމެދުގެ އަދަދަކަށް މެންބަރުން ހިމެނޭ ޕާލަމެންޓްރީ ގްރޫޕަކަށް 2 މުވައްޒަފުން ކަނޑައަޅަން ޖެހޭނެ ކަަމަށް މަޖިލީހުގެ ގަވާއިދު ބުނެއެވެ.

މީގެ އިތުރުން 30 މެމްބަރުންނަށްވުރެ އިތުރަށް މެމްބަރުން ތިބި ނަމަ، އެފަދަ ޕާލަމެންޓްރީ ގްރޫޕްތަކަށް 4 މުވައްޒަފުން ކަނޑައަޅަން ޖެހޭ ކަމަށް ޤަވާއިދުގައި ބުނެފައެވެއެވެ.

އެހެންކަމުން އެ ޤަވާއިދާއި އެއްގޮތަށް ޕީއެންސީގެ ޕީޖީއަށް 4 މުވައްޒަފުން އަދި އެމްޑީޕީގެ ޕީޖީއަށް 2 މުވައްޒަފުން ކަނޑައަޅާނެއެވެ.

ޕާލަމަންޓްރީ ގްރޫޕުތަކަށް ކަނޑައަޅާ މެމްބަރުންގެ އިތުރުން މެޖޯރިޓީ ލީޑަރަށް ދެ މުވައްޒަފުންނާއި ޑެޕިއުޓީ ލީޑަރަށް ދެ މުވައްޒަފުން ކަނޑައަޅާނެއެވެ.

އުސޫލުގައި ބަޔާންކޮށްފައި ވަނީ 20،000 ރުފިޔާގެ މުސާރައިގައި ދެ މުވައްޒަފުން ނުވަތަ 30،000 ރުފިޔާގެ މުސާރައަކަށް އެއް މުވައްޒަފަކު މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރަށް ކަނޑައެޅިދާނެ ކަމަށެވެ.

20 ވަނަ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙުއެވެ. މި މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީއެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް