ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 13:55
ރާއްޖޭގެ ޚާރިޖީ ވަޒީރު އާއި ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރާން އެލީސް
ރާއްޖޭގެ ޚާރިޖީ ވަޒީރު އާއި ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރާން އެލީސް
ޑެއިލީ މިރޯ
ރާއްޖެ އާއި ލަންކާގެ ގުޅުން
އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
މި ބައްދަލުވުމުގައި ލަންކާއިން ދިވެހިންނަށް ވިސާ ޚިދުމަތް ދިނުމުގައި ދިމާވާ މައްސަލަތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވުނު

އުމުރުން ދުވަސްވީ ދިވެހިންނަށް ލަންކާ އިން "ޕާމަނަންޓް ރެސިޑެންސް" ލިބުމުގެ އިންތިޒާމް ހަމަޖައްސަވައި ދެއްވުން އެދިވަޑައިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ އަށް ދަންނަވައިފިއެވެ.

ލަންކާ އަށް ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިހާރު ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ ޓިރާން އެލީސް އާ ބައްދަލު ކުރައްވާ އުމުރުން ދުވަސްވީ ގިނަ އަދަދެއްގެ ދިވެހިން ލަންކާއަށް ދިރިއުޅުން ބަދަލު ކުރަން އެދޭ ކަމަށާއި، އެމީހުންނަށް ލަންކާގައި ދެމިތިބެވޭނެ ގޮތް ހަދައި ދިނުމަށް ލަންކާ ސަރުކާރުގެ ކިބައިން ރާއްޖޭން އެދޭ ކަމަށެވެ.

މަޝްވަރާތައް ބޭއްވުނީ ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީ ގައެވެ.

މި ބައްދަލުވުމުގައި ލަންކާއިން ދިވެހިންނަށް ވިސާ ޚިދުމަތް ދިނުމުގައި ދިމާވާ މައްސަލަތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވުނެވެ.

ދެ ގައުމުގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ލަންކާގެ މީޑީއާ ގައި ރިޕޯޓު ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
6 ޖޫން 2024 | ބުރާސްފަތި 18:09
ޒަމީ
އިތުރައް ވާނީ ގޯސް...