ކ. މާލެ
|
31 މެއި 2024 | ހުކުރު 15:36
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ދާއިރާތަކުގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދަނީ
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ދާއިރާތަކުގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދަނީ
ރާއްޖެ އެމްވީ
މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން
މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން ޖުލައި 20 ވަނަ ދުވަހު - ކެނޑިޑެސީ އަށް ހުޅުވާލައިފި
މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ މަޤާމުތަކަކީ މައްޗަންގޮޅި މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާ އަދި ހުޅުމާލެ ދާއިރާގެ ގޮނޑި
ޤާނޫނުގއި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލްގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަނެއް ބާއްވަން ޖެހޭ

މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އައްޔަން ކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ ޖުލައި މަހު 20 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެކަމާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ މަޤާމުތަކަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ބުރާސްފަތި ދުވަހު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކުރަން ޖެހޭ އިދާރީ މަސައްކަތްތައް މިހާރު އިލެކްޝަންް ކޮމިޝަނުން ކުރަމުންދާ ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

އިލެކްޝަންް ކޮމިޝަނުން ޖުލައި މަހު މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން ތައްޔާރުވަމުން ދާއިރު އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު، އީސީގެ ވެބްސައިޓް[email protected]މެއިލް އަށް މެއިލް ކުރުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ. މީގެ އިތުރުން އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަންސް ކޮމިޝަނުން އަންގާނީ އެޕްލިކޭޝަން ފޯމުގައި އެފަދަ އެންގުންތައް ފޮނުވުމަށް ކެންޑިޑޭޓުން ބަޔާންކޮށްފައިވާ މެއިލަށް ކަމަށް އީސީން ވަނީ ބުނެފައެވެ.

މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ މަޤާމުތަކަކީ މައްޗަންގޮޅި މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާ އަދި ހުޅުމާލެ ދާއިރާގެ ގޮނޑިއެވެ. އެ ގޮނޑިތައް ހުސްވެފައި ވަނީ އެ ދާއިރާތަކުގެ ކައުންސިލަރު ކަމުގައި ތިއްބެވި ބޭފުޅުން، ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގެންފައިވާތީއެވެ.

ޤާނޫނުގއި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލްގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަނެއް ބާއްވަން ޖެހެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް