ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 14:07
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ މިނިސްޓަރު މުހައްމަދު އަމީން
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ މިނިސްޓަރު މުހައްމަދު އަމީން
ރާއްޖެ އޮންލައިން
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމުގެ ގޮތުން ތައްޔާރުކުރާ އާރްއެފްޕީއައިގެ މަސައްކަތް ވަނީ ނިމުމަކާއި ގާތުގައި - މިނިސްޓަރ
ފިނޭންސް އިން ކުރަން ޖެހޭ މަސައްކަތްތައް ނިމުމާއި އެކު ސަރުކާރުގެ ގެޒެޓްގެ އިތުރުން އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގައި ޝާއިއުކުރާނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވި
ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރާނެ ބަަޔަކު ހޯދާނެ ކަމަށް ސަރުކާރުން ހާމަކުރީ މި އަހަރުގެ ޖެނުއަރީ މަހު

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމުގެ ގޮތުން ތައްޔާރުކުރާ ރިލަޔަބިލިޓީ، އެވެއިލަބިލިޓީ، މެއިންޓެއިނަބިލިޓީ އެންޑް ސޭފްޓީ އިންޑިކޭޓާ (އާރްއެފްޕީއައި) އެކުލަވައިލުމުގެ މަސައްކަތް މިހާރު އޮތީ ނިމުމަކާއި ގާތުގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ މިހަފުތާ ނުވަތަ ލަސްވެގެން މިއަންނަ ހަފުތާގެ މެދުތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމާ ގުޅޭ އުސޫލު ގެޒެޓް ކުރުމުން، ހެލިކޮޕްޓަރު އޮޕަރޭޓްކުރާނެ ބަޔަކު ވަރަށް އަވަހަށް ލިބޭނެ ކަަމަށް އުންމީދުކުރެވޭ ކަމަށެވެ.

އެ މަސައްކަތް ލަސްވި ސަބަބާއި ގުޅޭ ގޮތުން ވެސް މިނިސްޓަރ ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން އާރްއެފްޕީީއައިގެ މަސައްކަތް ލަސްވީ އެެކަމަށް ޓަކައި ފިނޭންސް މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ނުނިމި ދިގުލައިގެން ދިއުމުން ކަމަށް މިނިސްޓަރ އަމީން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިހާރު ފިނޭންސް މިނިސްޓްރީން އެ މަސަައްކަތް ކުރަމުން ދާ ކަމަށާއި އެ މަސައްކަތް ކުރިއަށް ދަނީ އެޓަރނީ ޖެެނެރަލް އަހުމަދު އުޝާމްގެ ލަފާގެ މަތިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ފިނޭންސް އިން ކުރަން ޖެހޭ މަސައްކަތްތައް ނިމުމާއި އެކު ސަރުކާރުގެ ގެޒެޓްގެ އިތުރުން އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގައި ޝާއިއުކުރާނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އާރްއެފްޕީއައި ޝާއިއުކުރުމުން އެ ޚިދުމަތް ދިނުމަށް ގާބިލު ބަޔަކު ގެނެވޭނެއެވެ. ސަބަބަކީ ރާއްޖޭގައި ވިޔަފާރި އޮތް ގޮތާއި އެ ނޫން ވެސް ކަންތައްތަން ހުރި ގޮތުން އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތައް ތިބުން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ހެލިކޮޕްޓަރު އޮޕަރޭޓްކުރުުމުގައި ހިމެނޭ އެންމެ މުހިއްމު ބަޔަކީ އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުން ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ގާބިލިއްޔަތު ހުރި ޕްރޮޕޯނަންޓެއް ދިވެހިރާއްޖެއަށް ގެނެވޭނެކަމަށް ވަރަށް ބޮޑަށް އުންމީދުކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރާނެ ބަަޔަކު ހޯދާނެ ކަމަށް ސަރުކާރުން ހާމަކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް