ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 14:03
އެއަރޕޯޓުގެ ޓެކްސީ ކިއު
އެއަރޕޯޓުގެ ޓެކްސީ ކިއު
ރާއްޖެއެމްވީ
އެއާޕޯޓް ޓެކްސީ ޚިދުމަތް
އެއާޕޯޓް ޓެކްސީ ޚިދުމަތް ދިނުމުގައި ޖާގައިގެ ދަތިކަން ދިމާވޭ، އެއީ ވަރަށް ބޮޑު ގޮންޖެހުމެއް - މިނިސްޓަރ
ޓެކްސީތަކުގެ ތެރެއިން 6 ސީޓުގެ ޓެކްސީ ހުރުމާއި، އެކި އެޕްތަކުގައި އެކި އަގުތައް ހުރުމުގެ ސަބަބުން އެކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި
އެއާޕޯޓް ސަރަހައްދުގައި ޚިދުމަތްދޭ ޓެކްސީތަކަށް މިވަގުތު ލިބެން ހުރި ޖާގައިގައި އެއާޕޯޓް ޓެކްސީގެ ޚިދުމަތް ވީހާވެސް ރަނގަޅަށް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި

އެއާޕޯޓް ޓެކްސީ ޚިދުމަތް ދިނުމުގައި ޖާގައިގެ ދަތިކަން ދިމާވާ ކަމަށާއި އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވަނީ އެކަމާއި ގުޅޭ ގޮތުން ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްފައިވާ ކަމަށާއި، އެ މަޝްވަރާތަކުގެ ނަތީޖާ ރަނގަޅު ކަމަށް ވިދާޅުވެފައެވެ. އަދި އެއާޕޯޓް ސަރަހައްދުގައި ޚިދުމަތްދޭ ޓެކްސީތަކަށް މިވަގުތު ލިބެން ހުރި ޖާގައިގައި އެއާޕޯޓް ޓެކްސީގެ ޚިދުމަތް ވީހާވެސް ރަނގަޅަށް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކުރިއަށް ވުރެ ތަރުތީބުކޮށް އެ ޚިދުމަތްތައް ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއާޕޯޓް ޓެކްސީތަކުގެ ޚިދުމަތް ދެމުން އައި ގޮތުން ކަސްޓަމަރުންނަށް ވަރަށް ގިނަ ދަތިތައް ދިމާވަމުން އައި ކަމަށާއި އެ ކަންކަމުގެ ސަބަބުން އާއްމުންގެ ވަރަށް ގިނަ ޝަކުވާ މިނިސްޓްރީ އަށް ލިބޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކިއު ލައިނާއި އެއްގޮތަށް ޓެކްސީގެ ޚިދުމަތް ނުދިނުމުގެ ޝަކުވާ ވެސް ވަރަށް ގިނައިން ހުށަހެޅޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވަކި ތަނަކަށް ނޫނީ ނުދިއުމަށް ޝަރުތުރުކުރުމާއި، ކަސްޓަމަރުގެ ހުއްދަ ނެތި އިތުރު ކަސްޓަމަރުން ކާރަށް އެރުވުން އަދި ތަފާތު އެކި އަގު ނެގުން ފަދަ ކަންކަން މެދުވެރިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ސަރަހައްދުގައި ޚިދުމަތްތައް ހަރުދަނާ ކުރުމުގައި ފުލުހުންގެ އެހީތެރިކަން ހޯދާފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލާއި އެއްގޮތަށް ޚިދުމަތްދޭކަން ކަށަވަރު ކުރުމަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ މިހާރު އެއާޕޯޓް ޓެކްސީގެ ހާލަތު ކުރިއާ އަޅާ ބަލާ ނަމަ ބޮޑުތަނުން ރަނގަޅު ކަމަށް ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެ ޚިދުމަތް ހަރުދަނާކުރަން ކުރަން ޖެހޭ ގިނަ ކަންކަން އަދިވެސް އެބަ ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހުރިހާ ކަމެއް ރަނގަޅެކޭ ނޫން މިދަންނަވަނީ އެހެންނަމަވެސް ވަރަށް ބޮޑަށް އެ މައްސަލަ އަށް ހައްލު ގެނެވިފައި ވަނީ. އަޅުގަނޑުމެންނަށް އެބަ ހުރި ދަތިތަކެއް ދިމާވާ އެއީ ޖާގައިގެ ދަތިކަން ވެސް އެބަ އޮތް. އެހެންނަމަވެސް މިހާރު އޮތް ޖާގައިގައި ވީ އެންމެ ރަނގަޅަކަށް ޚިދުމަތް ދިނުމަށް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން. އެއާޕޯޓް ޓެކްސީގެ ޚިދުމަތް ދިނުމުގަ ދިމާވި މައްސަލަ މީޑިއާގައި ވެސް ތިލަވެގެން ގޮސްފައި އޮންނާނީ. އުއްމީދަކީ ޓަރމިނަލް މަސައްކަތް ނިމޭ އިރު މިކަމަށް ދާއިމީ ހައްލެއް ލިބުން.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

ޓެކްސީގެ އަގުތަކާއި ޓެކްސީ އޮޕަރޭޓްކުރުމުގެ މައްސަލަ އަކީ ގިނަ ދުވަސްވީ މައްސަލަ އެއް ކަމަށާއި އެ ހާލަތަކީ އެއް ދުވަހުން ނޫނީ ދެ ދުވަހުން ބަދަލުކުރެވޭނެ ހާލަތެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ އެ މައްސަލަ ހައްލުކުރުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލާ އެ ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ޓެކްސީގެ އަގުތައް ކަނޑައަޅާފައި ވަނީ ނިމިދިޔަ ސަރުކާރުން ކަމަށާއި އެ އަގުތަކަކީ ޓެކްސީ ޑްރައިވަރުން ވެސް އެއްބަސްވެފައިވާ އަގުތަކަށް ވުމާއި އެކު އެއަށް ބަދަލު ގެންނަވާފައި ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޓެކްސީތަކުގެ ތެރެއިން 6 ސީޓުގެ ޓެކްސީ ހުރުމާއި، އެކި އެޕްތަކުގައި އެކި އަގުތައް ހުރުމުގެ ސަބަބުން އެކަމަށް ހައްލު ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަށް ހައްލެއް ގެނައުމަށް ރަސްމީ އަގުތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެކަމުގެ ސަަބަބުން ޓެކްސީ އިން ދަތުރުކުރާ ފަތުރުވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބިގެން ދިޔަ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
- ގުޅުންހުރި
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމުގެ ގޮތުން ތައްޔާރުކުރާ އާރްއެފްޕީއައިގެ މަސައްކަތް ވަނީ ނިމުމަކާއި ގާތުގައި - މިނިސްޓަރ
4 ފުރޮޅުލީ ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް މިހާރު ވެސް ދަނީ ކުރަމުން: މިނިސްޓަރު އަމީން
އެއާޕޯޓް ޓެކްސީ ކިއޫގައި މައްސަލަ އުޅޭކަމަށް ދައްކައިގެން ސަރުކާރުން އުޅެނީ ޓެކްސީގެ ވިޔަފާރީގެ ތެރެއަށް ވަންނަން: ޑްރައިވަރުން
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން: މިނިސްޓަރަށް ދަންނަވައިގެންވެސް ހައްލެއްނުވި، ވިދާޅުވަނީ މާދަމާ ވާނެކަމަށް!
މިނިސްޓަރު ހަލީލާއި އަމީން ޕީއެންއެފްގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި - މަލީހު
މާލޭގެ ޓްރެފިކް ހާލަތު ސިފަވަނީ އަލިފާން ރޯވެފައި އޮތް ތަނެއް ގޮތަށް - އަމީން
ރާއްޖެއާއި ލަންކާއާ ދެމެދު އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށަނީ
ކުރިއަށް އޮތް ދެ މަސް ތެރޭގައި ވެހިކަލްތަކުގެ އަދަދު ކަނޑައަޅާ ގަވާއިދު އިސްލާހުކޮށް އާއްމުކުރާނަން: މިނިސްޓަރު އަމީން