Advertisement
ކ. މާލެ
|
28 މެއި 2024 | އަންގާރަ 16:07
20 ވަނަ މަޖިލީހުގެ މެމްބަރުން
20 ވަނަ މަޖިލީހުގެ މެމްބަރުން
20 ވަނަ ރައްޔިތުންގެ މަޖިލީސް
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިންގާ ގަވާއިދެއް އެކުލަވާލެވެންދެން އަމަލުކުރާނީ 19 ވަނަ މަޖިލީހުގެ ޤަވާއިދަށް
ފަލާހުގެ ހުށަހެޅުން ފާސްވީ ބައިވެރިވި 90 މެންބަރުންގެ އިއްތިފާގުން
ފަލާހު ހުށަހަޅުއްވާފައި ވަނީ ކުރިއަށް އޮތް ޖޫން މަހުގެ މަސައްކަތް އަންނަ މަހު 26 ގެ ނިޔަލަށް އާންމު ކޮމިޓީން ނިންމުމަށް ފަހު މަޖިލީހުގެ ތަޅުމަށް ގެނައުމަށް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިންގާ ގަވާއިދެއް އެކުލަވާލެވެންދެން 19 ވަނަ މަޖިލީހުން އަމަލު ކުރަމުން އައި ގަވާއިދަށް އަމަލު ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

އެގޮޮތަށް ފާސްކޮށްފައި ވަނީ އަންގާރަ ދުވަހު ބޭއްވި ފުރަތަމަ ޖަލްސާގައެވެ. 19 ވަނަ މަޖިލީހުގެ ހިންގާ ގަވާއިދަށް އަމަލުކުރުމަށް ހުށަހަޅާފައި ވަނީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.

އޭނާ ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި 19 ވަނަ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. އަދި 20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގެ މަސްއޫލިއްޔަތު އާންމު ކޮމިޓީ އާ ހަވާލު ކުރުމަށް ވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

Advertisement

ފަލާހު ހުށަހަޅުއްވާފައި ވަނީ ކުރިއަށް އޮތް ޖޫން މަހުގެ މަސައްކަތް އަންނަ މަހު 26 ގެ ނިޔަލަށް އާންމު ކޮމިޓީން ނިންމުމަށް ފަހު މަޖިލީހުގެ ތަޅުމަށް ގެނައުމަށެވެ.

ފަލާހުގެ އެ ހުށަހެޅުމަށް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ތާއީދު ކުރައްވާފައެވެ. ނާޒިލް ވަނީ އާންމު ކޮމިޓީ އަށް އެ މަސައްކަތް ފޮނުވާއިރު ވީހާ ވެސް ގިނަ ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް ކޮމިޓީ އެކުލަވާލުމަށް އެދިވަޑައިގަންނަވާފައެވެ.

ފަލާހުގެ ހުށަހެޅުން ފާސްވީ ބައިވެރިވި 90 މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް